
އޭސީސީން ބުނީ ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގެ، ފުރަތަމަ 4000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ވަކި ފަރާތްތަކެއް ހިމަނައި، ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާއެއް ހޯދައި ދީފައިވާކަން ކޮމިޝަނާއި ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިގެން ތަހުގީގުކުރަމުން ގެންދާ މައްސަލައިގެ ތަހުގީގުގައި ހޯދާފައިވާ ހެކި ގަރީނާއިން އެނގޭތީ، އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިވާކަމަށެވެ. މި މައްސަލާގައި ދާއުވާކުރަން ފޮނުވާފައިވަނީ މިދިޔަ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ އިސްވެރިންތަކެއްގެ މައްޗަށެވެ.
ދައުވާކުރަން އޭސީސީން އެދުނު ފަރާތްތައް
- އަކްރަމް ކަމާލުއްދީން / ހައުސިން ސްޓޭޓް މިނިސްޓަރު
- މުހައްމަދު އާރިފް / ހައުސިންގެ ސީނިއާ އެގްޒެކެޓިވް
- ލިރުގާމް ވަހީދު / ހައުސިންގެ ސީނިއާ އެގްޒެކެޓިވް
- އަހްމަދު ވިޝާން ނަސީމް / ޑިރެކްޓަރު ޖެނެރަލް
މި މައްސަލައިގައި މި އެންމެންގެ މައްޗަށް ދައުވާކުރަނީ ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާކަމަށް އޭސީސީން ބުނެއެވެ.
ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށް ފިޔަވައި، އެހެން އިތުރު ކުށްތައް މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކުން ކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީ، އެކުށްތައް ތަހުގީގުކުރުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން ކުރަމުން އަންނަކަމަށް އޭސީސީން ބުނެއެވެ.