ads
ޑޮޕްލަރު ވެދާ ރާޑަރު ސިސްޓަމް
ރާއްޖޭގެ ފަސްވަނަ މޫސުން ބަލާ އޮބްޒަވޭޓަރީ މާފަރުގައި
ރާއްޖޭގެ ފަސްވަނަ މޫސުން ބަލާ އޮބްޒަވޭޓަރީ ނ. މާފަރުގައި ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
Advertisement

މެޓް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޔުނައިޓެޑް ނޭޝަންސް މަލްޓިޕާޓީ ޓްރަސްޓް ފަންޑް (ޔޫއެންއެމްޕީޓީއެފް) އާއި ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއުއެމްއޯ) ގުޅިގެން ހިންގާ ޕްރޮޖެކްޓެއްގެ ދަށުން ރާއްޖޭގެ މޫސުމާ ބެހޭ އޮބްޒަވޭޝަން ސްޓޭޝަންތައް ގްލޯބަލް ބޭސިކް އޮބްޒަވޭޝަން ނެޓްވޯކްގެ ފެންވަރަށް އަޕްގްރޭޑް ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މި އޮބްޒަވޭޓަރީ ގާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ މި ޕްރޮޖެކްޓަކީ ޔުނައިޓެޑް ނޭޝަން އެންވަޔަރަމެންޓް ޕްރޮގްރާމް (ޔޫއެންއީޕީ)އާ ގުޅިގެން ހިންގާ ހަތަރު އަހަރު ދުވަހުގެ ޕްރޮޖެކްޓެއް ކަމަށެވެ. މީގެ ދަށުން ރާއްޖޭގައި މިހާރު ހުރި ހަތަރު މެޓް އޮފީސް ނުވަތަ އޮބްޒަވޭޓަރީތަކުގައި ހުރި މޫސުމާ ބެހޭ އާލާތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން ނ. މާފަރުގައި އަލަށް މެޓް އޮފީހެއް ގާއިމްކުރާނެއެވެ. ރާއްޖޭގެ މޫސުން ބަލާ އޮބްޒަވޭޓަރީތައް މިހާރު ހުންނަނީ ހުޅުލެ، ހދ. ހަނިމާދު، ލ. ކައްދޫ އަދި ގދ. ކާޑެއްދޫގައެވެ.

މެޓް އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ މި ޕްރޮޖެކްޓުގެ ސަބަބުން ރާއްޖޭގެ މޫސުން ބަލާ ވިއުގައިގެ ފެންވަރު ރަނގަޅުވެ، ދުރާލައި އިންޒާރު ދޭ ނިޒާމު އިތުރަށް ހަރުދަނާވާނެ ކަމަށެވެ. އަދި މީގެ އިތުރުން ދުނިޔޭގެ މޫސުމާ ބެހޭ އޮބްޒަވޭޝަން ނެޓްވޯކަށް ރާއްޖޭން ފޯރުކޮށްދޭ މޫސުމާ ބެހޭ މައުލޫމާތުގެ ފެންވަރު ވެސް އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ. މި ޕްރޮޖެކްޓުގެ ދަށުން އައްޑޫ ގަމުގައި ހުންނަ، ވައިގެ މަތީ ފަށަލަތަކުން މޫސުމާ ބެހޭ މައުލޫމާތު އެއްކުރާ ނިޒާމު (ރޭޑިއޯސޮންޑޭ) މަރާމާތުކޮށް އަލުން ބޭނުންކުރަން ފެށުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް