ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ސްޓެލްކޯ
މިމަހު ބިލް ބޮޑުކަމަށް ފެންނަނީ ކުރީމަހު ޑިސްކައުންޓް ލިބިފައިވާތީ
މޭމަހުގެ ކަރަންޓް ބިލް ބޮޑުވެފައިވާ ކަމަށް ފެންނަނީ މިދިޔަ އޭޕްރިލް މަހު ޑިސްކައުންޓް ލިބިފައިވަަތީކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
Advertisement

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަރަންޓުގެ އަގު ހެޔޮކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. އެއާއި އެކު ސްޓެލެކޯއިން ވަނީ މިދިޔަ މަހުގެ ބިލްތައްވެސް ތައްޔާރުކުރީ ހެޔޮކުރަން ނިންމި އަގަށް ކަން އިއުލާންކޮށްފައެވެ. 

your imageކަރަންޓް ބިލް ބޮޑުވުން ބައެެއް މީހުން ކޮށްފައިވާ ޝަކުވާތައް

އެހެންނަމަވެސް މިމަހު ކަރަންޓް ބިލްތައް ލިބުނު އިރު އޭޕްރިލްމަހުގެ ބިލަށް ވުރެ ބޮޑުވުމުން ގިނަ ބަޔަކު އަންނަނީ އެކަމުގެ ޝަކުވާތައް ކުރަމުންނެވެ. 

އެކަމާއި ގުޅިގެން ސްޓެލްކޯއިން ބުނީ އަގުހެޔޮ ކުރެވުނު ޓެރިފް ރޭޓުން 2025 މެއި މަހުގެ ބިލް ހެދުމުންވެސް ބައެއް ކަސްޓަމަރުންނަށް އޭޕްރީލް މަހުގެ ބިލަށްވުރެ މެއި މަހުގެ ބިލް ބޮޑުވެފައިވާ ކަމަށް ފެންނަނީ ވޭތުވެދިޔަ އޭޕްރީލް މަހު ޑިސްކައުންޓް ލިބިފައިވާތީކަމަށެވެ. އަދި އައު ޓެރިފުން ބިލް ހެދުމުން ބިލް ކުޑަކަމަށް ފެންނާނީ ރޯދައި ކުރީގެ ބިލްތަކާއި އަޅާ ކިޔުމުންކަމަށެވެ.

" އައު ޓެރިފް ރޭޓާއިއެކު ކަރަންޓު ބިލަށް އައިސްފައިވާ ބަދަލު ސާފުކޮށް ފެންނާނީ ވޭތުވެދިޔަ 3 ބިލް (ރަމަޟާން ޑިސްކައުންޓް ހިމަނާފައިވާ 2 ބިލާއި ކުރު މުއްދަތަކަށް ބިލްކޮށްފައިވާ ބިލް) ގެ ކުރިން އެ ގޭބިސީއަކަށް ބިލްކޮށްފައިވާ ބިލާއި އަޅައި ކިޔުމުން. އެގޮތުން ޑިސެމްބަރ 2024 ނުވަތަ ޖަނަވަރީ 2025 ގެ ބިލާއި، އައު ޓެރިފް ރޭޓުން ބިލްކުރެވިފައިވާ ބިލް އަޅާ ކިޔުމުން ބިލުގެ ހަޤީޤީ ފަރަޤު ސާފުވާނެ. " ސްޓެލްކޯއިން ބުނެއެވެ.

ކަރަންޓްގެ އަގަށް ގެންނަން ނިންމި ބަދަލުގައިވާ ގޮތުން 0 އިން ފެށިގެން 100 ބޭންޑަށް ނެގުމަށް ނިންމާފައިވަނީ ޔުނިޓަކަށް 1.25 ލާރިއެވެ. މިހާރު މި ބޭންޑަށް ނަގަމުން އަންނަނީ 1.50 ލާރިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް