ކުޅުދުއްފުށީގެ ތިން ސްކޫލަކަށް މި އަހަރުވެސް ސިޓީ ކައުންސިލުން 100،000 ރުފިޔާގެ މާލީ އެހީ ދީފިއެވެ.

Advertisement
ކުޅުދުއްފުށީ ސިޓީ ކައުންސިލުން މި އެހީ ދީފައިވަނީ އެ ސިޓީގައި ހުންނަ ސަރުކާރު 3 ސްކޫލަށެވެ. މި ސްކޫލްތަކަށް "ސްކޫލް ގްރާންޓް" ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނީ މި ގްރާންޓަށް ހުޅުވާލި ފުރުސަތުގައި ސުކޫލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި ހިމެނޭކަންކަން ހާސިލް ކުރުމަށް ކޮންމެ ސުކޫލަކަށް 100،000 ރުފިޔާ ލިބިގެންދާނެކަމަށެވެ.
ސްކޫލް ގްރާންޓް ތައާރަފްކުރުމުގެ މައިގަނޑު މަގްސަދަކީ ކުޅުދުއްފުށި ސިޓީގެ ސްކޫލްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސުކޫލްތަކުގެ ވަސީލަތްތައް
ތަރައްގީކުރުމާއި، ދަރިވަރުންގެ ކުރިއެރުމަށް ސްކޫލްތަކުން ހިންގަމުން އަންނަ ހަރަކާތްތަކަށް އެހީތެރިވުމާއި، ސްކޫލްތަކުގެ ޕީ.ޓީ.އޭ އިން ސްކޫލްގެ ތަރައްގީއަށް ފަންޑް ހޯދުމަށް ކުރަމުންއަންނަ މަސައްކަތް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުންކަމަށް ކައުންސިލުން ބުނެއެވެ.
މި ގްރާންޓްގެ ދަށުން 2024 ވަނަ އަހަރުވެސް ކޮންމެ ސްކޫލަކަށް 100،000 ރުފިޔާ ވަނީ ދޫކޮށްފައެވެ.