މި ބައްދަލުވުމުގައި ކުނި މެނޭޖުކުރާ މަރުކަޒާ ގުޅޭގޮތުން ހުރި ގޮންޖެހުންތަކާއި އެކަންކަމަށް ހައްލު ހޯދުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
މީގެއިތުރުން، މި ބައްދަލުވުމުގައި ރަށުގެ ގޮނޑުދޮށް ގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވިދާނެ ކަންކަމާއި ކޮނޑޭގައި ޓޫރިޒަމްގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ. ކައުންސިލުން ފާހަގަކުރި ކަންބޮޑުވުންތަކަށް ސަރުކާރުގެ ފަރާތުން އަވަސް ހައްލެއް ހޯދައިދިނުމަށް މަސައްކަތްކުރާނެކަމަށް ސްޓޭޓް މިނިސްޓަރު ނަޝާތު ރަޝީދު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ކައުންސިލުގެ މެންބަރުންނާއި މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވިއެވެ.