މި ބައްދަލުވުމުގައި އެމެރިކާ ސަރުކާރުގެ އެސިސްޓެންސް ޕޮލިސީއާ ގުޅޭގޮތުން މަޝްވަރާކުރިއެވެ.
ބައްދަލުވުމުގައި މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަންކަމުގެ ތެރެއިން ދެ ފަރާތުން ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުންވެސް ވާހަކަދެކެވުނެވެ. މިނިސްޓަރު އާދަމް ޝަރީފާއި އެމެރިކާ ސަފީރާ ދެމެދު މި ބައްދަލުވުމުގައި ހުރިހާ ދާއިރާތަކެއްގައި އެއްބާރުލުން އިތުރުކުރުމަށް އެއްބަސްވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފް އުމަރުގެ އަރިހުގައި މިނިސްޓްރީގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މިފަދަ ބައްދަލުވުންތައް މުހިންމުކަމަށް ދެފަރާތުންވެސް ފާހަގަކުރިއެވެ.