ads
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި އަޅަން ނިންމާފައިވާ "ވިލިމާލޭ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" އެޅުމުގެ ލެޓާ އޮފް އެކްސްޗޭންޖްގައި ސޮއިކުރުމުގެ ތެރެއިން
ވިލިމާލޭ ހޮސްޕިޓަލްގެ މަސައްކަތް އަންނަ އަހަރު ފެށާނެ : މުއްތަލިބް
ވިލިމާލޭ ހޮސްޕިޓަލްގެ މަސައްކަތް އަންނަ އަހަރު ފަށާނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ އަބްދު ﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
Advertisement

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި އަޅަން ނިންމާފައިވާ "ވިލިމާލޭ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" އެޅުމުގެ ލެޓާ އޮފް އެކްސްޗޭންޖްގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދު ﷲ މުއްތަލިބެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މުއްތަލިބް ވިދާޅުވީ 112 އެނދުގެ ހޮސްޕިޓަލުގެ މަޝްރޫއު އެޕްރޫވްކުރުމާއެކު ހަލުއިކޮށް މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ. އަދި މި އަހަރު ކޮންޓްރެކްޓަރު ހޯދުމުގެ މަސައްކަތް ނިންމައި އަންނަ އަހަރު އަމަލީ މަސައްކަަތް ފެށޭނެކަމުގެ ޔަގީންކަންވެސް މިނިސްޓަރު މުއްތަލިބު ވަނީ ދެއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް