ads
އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
ދެމެހެއްޓެނިވި ދަނޑުވެރިކަމަކަށް ވާސިލްވުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ: މިނިސްޓަރު
ދެމެހެއްޓެނިވި ދަނޑުވެރިކަމަކަށް ވާސިލުވުމަށްޓަކައި ދަނޑުވެރިންނަށް ބޭނުންވާނެ ފަންނީ ތަމްރީންތަކާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ މިނިސްޓްރީގެ މަގްސަދު ކަމަށް މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު މިހެން ވިދާޅުވީ އާބަން ފާމިންގ މަޝްރޫއުގެ ދެވަނަ ފިޔަވަހި ފެށުމާ ގުޅިގެންނެވެ.

މާލެ ސިޓީ ފަދަ ޖާގައިގެ ދަތިކަން ހުރި ތަންތަނުގައިވެސް ގަސް އިންދާ ހެއްދުމަށް ޝައުގުވެރިވާ ފަރާތްތައް ގިނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ ތެރެއިން އެއްބައި މީހުން ގަސްހައްދަނީ ހިތްހަމަޖެހުމަށް ކަމަށާއި އަނެއްބައި މީހުން ނަފާ ހޯދުމަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިފަދަ މީހުންނަށް ކުރިމަތިވާ ގޮންޖެހުންތަކަކީ ފަންނީ މައުލޫމާތު ނެތުމާއި، މާކެޓް ކުރެވޭނެ މަގުތައް ފަހިވެފައި ނެތުން ކަމަށް ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން އާބަން ފާމިންގ ކުރާ ފަރާތްތަކަށް ވިއްކުމުގެ ސްޓްރެޓެޖީތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދީ، ގަންނަ ފަރާތްތަކާ ގުޅުވައިދޭނެ ހާއްސަ ޕްލެޓްފޯމެއް ގާއިމުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.. އަދި މި މަޝްރޫއުގެ ސަބަބުން ދަނޑުވެރިން އަމިއްލަ ދިރިއުޅުމަށް އެހީތެރިވުމުގެ އިތުރުން، ރަށުތެރޭގައި އުފައްދާ ތަކެތި އިޝްތިހާރުކޮށް މާކެޓް ހޯދައި، ދެމެހެއްޓެނިވި ގޮތެއްގައި ޝަހަރީ ދިރިއުޅުން ކުރިއެރުވުމަށްވެސް އެހީތެރިވެދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް