
ހައްޔަރުކުރެވުނު ފަރާތްތަކަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އައި ބިދޭސީންނެވެ.
އިމިގްރޭޝަނުން ބުނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި އެމީހުން އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ދާކަމަށެވެ. މި މަސައްކަތުގެ ބައެއްގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހާއްސަ އޮޕަރޭޝަންތައް ހިންގަމުން ދާއިރު، މިފަދަ އޮޕަރޭޝަނެއް އިއްޔެ މާލޭގެ އާޓިފިޝަލް ބީޗްގައި ކުރިއަށް ގެންގޮސްފައިވެއެވެ.
އިމިގްރޭޝަނުން ފާހަގަކޮށްފައިވާ ގޮތުގައި ހައްޔަރުކުރެވޭ ބިދޭސީން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކުރެވި، ކަމާގުޅޭ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު އެމީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މީގެއިތުރުން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މޮނިޓަރކުރުމަށް މާލޭގެ އާންމު ތަންތަނުގައި އޮބްޒަވޭޝަން މަސައްކަތްތައް ވެސް މިހާރު ކުރިއަށް ގެންދެއެވެ.