ads
ހުޅުމާލޭ ފޭސް ދޭއްގައި އަޅާ ސްކޫލްގެ ބިންގާ ރައީސް މުއިއްޒު އަޅުއްވާދެއްވަނީ
ހިޔާ ފްލެޓުތައް ކައިރީ ހަދާ ސްކޫލަށް ބަދަލުވާން އެދޭ ކުދިން ބަލަނީ
ހުޅުމާލެ ދެވަނަ ފިޔަވަހީ، ހިޔާ ފްލެޓުތައް ހުންނަ ސަރަހައްދުގައި އިމާރާތްކުރަމުން އަންނަ ސްކޫލަށް ބަދަލުވާން ބޭނުންވާ ދަރިވަރުންގެ މައުލޫމާތު ހޯދަން އެޑިއުކޭޝަނުން ފަށައިފިއެވެ.
Advertisement

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ 54 ކްލާސްރޫމްގެ މި ސްކޫލުގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު، ޑރ. އިސްމާއިލް ޝަފީއު ވަނީ ވިދާޅުވެފައެވެ. މި ސްކޫލް އަންނަ އަހަރު ހުޅުވާނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. 

މީޑިއާގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވި ހުޅުމާލޭ ފޭސް ދޭއްގައި އަޅާ މި ސްކޫލަށް ވަންނަން ބޭނުންވާ ދަރިވަރުންގެ މައުލޫމާތު އެއްކުރަން ފެށީ މި މަހު އެކެއްގައިކަމަށެވެ. 

އެއް ދަންފަޅިއަށް ކިޔަވާދޭން ނިންމާފައިވާ އެ ސްކޫލަށް ވަންނަން ބޭނުންވާ ކުދިންގެ އަދަދު އިތުރުވާނަމަ އެ ސްކޫލްގައި  ދެ ދަންފަޅިއަށް ކިޔަވައިދޭ ގޮތަށް ބަދަލުކުރާނެ ކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ. 

ދެވަނަ ފިޔަވަހީގައި އަޅާ މި ސްކޫލްގެ ބިންގާ އަޅާފައިވަނީ ޑިސެމްބަރު 25، 2023ގައެވެ. 1،700 ކުދިންގެ ޖާގައިގެ މި ސްކޫލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ  ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ރަޝީދު ކާޕެންޓްރީ ކޮމްޕެނީ (އާރްސީސީ) އާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް