ads
ސަނާ ޔޫސުފް
17 އަހަރުގެ ޓިކްޓޮކްތަރި ސަނާ ޔޫސުފް މަރާލައިފި
ޕާކިސްތާނުގެ މަޝްހޫރު ޓިކްޓޮކް ތަރި، 17 އަހަރުގެ ސަނާ ޔޫސަފް އޭނާ އިސްލާމްއާބާދުގައި ހުރި ގޭގައި ރަހުމުކުޑަ ގޮތަކަށް މަރާލައިފިއެވެ.
Advertisement

ސަނާ ޔޫސަފް އަކީ މިލިއަނަށް ވުރެ ގިނަ ފޮލޯވާސް ލިބިފައިވާ ޓިކްޓޮކް ތަރިއެކެވެ. ފުލުހުންގެ ރިޕޯޓުން ދައްކާގޮތުގައި ސަނާ މަރާލި މީހާއަކީ 22 އަހަރުގެ އުމަރު ހަޔާތްއެވެ. އޭނާ ސަނާއަށް ގިނަ ފަހަރަށް ލޯބީގެ ގޮތުން ގުޅެން މަސައްކަތް ކުރި ނަމަވެސް ސަނާއިން ވަނީ ދެކޮޅު ހަދާފައެވެ.

އޭގެ ރުޅިވެރިކަމުގައި ސަނާގެ ގެއަށް ނުވަތަށް ވަނުމަށް ފަހު ގާތުން ދެފަހަރު މަތިން ހަށިގަނޑަށް ބަޑި ޖެހުމަށް ފަހު އޭނާގެ ފޯނު ވަގަށް ނަގައިގެން ދިޔައީއެވެ. ސަނާ މަރުވީ ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް ލިބުނު އަނިޔާގެ ސަބަބުންނެވެ.

ސަނާ ޔޫސަފް އަކީ އަޕާ ޗިޓުރާލް އިން އައި އަންހެނުންގެ ހައްގުތަކަށް އަދި ޕާކިސްތާނީ ކަލްޗަރަލް އައިޑެންޓިޓީއަށް ވަކާލާތު ކުރާ ޓިކްޓޮކަރެކެވެ. ސަނާ މަރުވުމުގެ މަދު ދުވަސްކޮޅެއް ކުރިން ޕޯސްޓް ކޮށްފައިވަނީ އޭނާގެ ބާރތްޑޭ ސެލިބުރޭޝަން ވީޑިއޯއެކެވެ. މި މައްސަލާގައި އުމަރު ހަޔާތް ހައްޔަރު ކުރެވިފައިވަނީ މި ހާދިސާ ހިނގާތާ 20 ގަޑިއިރު ތެރޭގައި ކަމަށް ފުލުހުންގެ ފަރާތުން ބުންޏެވެ.

މި ހާދިސާ ހިނގުމާއި ގުޅިގެން ގައުމީ ފެންވަރުގައި ބޮޑު ކުއްވެރިކުރުމެއް ފެށިފައިވެއެވެ. ނޭޝަނަލް ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން އިން މި ވަނީ މި މައްސަލަ ރަނގަޅަށް ތަހްގީގުކޮށް އިންސާފު ހޯދައިދިނުމަށް ގޮވާލާފައެވެ. އަދި ސޯޝަލް މީޑިއާގައި #JusticeForSanaYousaf ހޭޝްޓެގް ބޭނުންކޮށްގެން ގިނަ ބަޔަކު ވަނީ މި މައްސަލާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. ޕާކިސްތާނުގައި މީގެ ކުރިންވެސް ސޯޝަލް މީޑިއާގައި މަސައްކަތްކުރާ އަންހެނުންނާ ދެކޮޅަށް އަނިޔާގެ އަމަލުތައް ހިނގަމުންދާކަން ގިނަ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

33%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
44%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް