ads
މާލޭގައި މީގެ ކުރިން އަހަރެއްގައި އީދު ފާހަގަކުރަނީ - ފައިލް ފޮޓޯ: މިހާރު
އެމްއެންޑީއެފުން އިންތިޒާމުކޮށްގެން މާލެ ސަރަހައްދުގައި ބޮޑު އީދު ފާހަގަކުރަނީ
އެމްއެންޑީއެފުން އިންތިޒާމުކޮށްގެން މާލޭ ސަރަހައްދުގައި ކުލަގަދަ އީދެއް ގައުމީ ފެންވަރުގައި ފާހަގަކުރަން ނިންމައިފި އެވެ.
Advertisement

އެމްއެންޑީއެފުން ބުނީ "އީދު ހަވީރު 1446" ގެ ނަމުގައި މާލެ ސަރަހައްދުގައި މި ފަހަރުގެ ބޮޑު އީދު ފާހަގަކުރާނީ ގައުމީ ފެންވަރުގައި ކަމަށެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ހަރަކާތްތައް އިންތިޒާމްކޮށްފައި ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވެވޭނޭ ގޮތަށެވެ. އަދި އެކި އުމުރުފުރާގެ ކުދިންނާއި މީހުން ވެސް ޝައުގުވެރިވާނެހެން ތަފާތު ހަރަކާތްތަކާ ކުޅިވަރުތައް ވަނީ ހިމަނާފަ އެވެ. 

އެގޮތުން، ހަރަކާތްތަކުގައި، ރާއްޖޭގެ އިހުގެ ސަގާފަތާއި، އިހުގައި ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ސްޓޯލްތަކުން ދައްކާލުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ޒަމާނީ ކެރެކްޓަރތައް ފިއުޝަންގޮތަށް ވެސް ދައްކާލުމަށް ވަނީ ހަމަޖެހިފަ އެވެ.

"ސަރުކާރު ވުޒާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާ އެކު ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން އިންތިޒާމްކޮށްގެން ކުރިއަށްގެންދަން ނިންމަވާފައިވާ އީދުގެ ހަރަކާތްތައް އޮންނާނީ، މާލޭގައި ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާނުގެ އިތުރުން ހުޅުމާލޭގެ ސެންޓްރަލް ޕާކާއި ހުޅުމާލޭ ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދުގައި،" އެމްއެންޑީއެފްއިން ބުންޏެވެ.

މި އަހަރުގެ ބޮޑު އީދު ގައުމީ ފެންވަރުގައި ފާހަގަކުރާ ރަށްތަކުގެ ތެރޭގައި ދެން ހިމެނެނީ ހއ. ކެލާ އާއި ކ. ގުރައިދޫގެ އިތުރުން ލ. ގަމެވެ. އެ ތިން ރަށަށް މިހާރު ވެސް ގިނަ ބަޔަކު ގޮސްފަ އެވެ.

މިއަހަރުގެ ބޮޑު އީދަކީ އަންނަ ހުކުރު ދުވަހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް