ވަށަފަރުގައި ހަދާފައިވާ ރަށު ރަމްޒުކޮށްދޭ މޮނިއުމަންޓުން ދައްކުވައިދެނީ ޒަމާނުންސުރެ އެރަށަށް ކިޔާ އުޅޭ އުނބަށް ޖެހުން ހާދިސާ ރަމްޒުކޮށްދޭ ގޮތަށެވެ.
މޮނިއުމަންޓުން ގައި ވަނީ އުނބެއްގެ މަތީގައި ބަހައްޓާފައިވާ ރިޔާނެގި ދޯންޏެކެވެ. ދޯނި ކައިރީގައި މަޑިއަކާއި ކޯމަހެއްވެސް ހަދާ ބަހައްޓާފައެވެ.
ދޯނި ބަހައްޓާފައިވާ ބޮޑު އުނބު ވަނީ ފެން ފައިބާ ގޮތަށް ފަރުމާކޮށްފައެވެ. އަދި މޮނިއުމަންޓު ދަށުގައި މަސް ޓޭންކެއްވެސް ވަނީ ހަދާފަ އެވެ.
ވަށަފަރު މީހުން އުނބަށް ޖެހި ވާހަކަ ރަމްޒުކޮށްދޭ ގޮތަށް ހެދި މޮނިއުމަންޓް ހުޅުވުމުގެ ތެރެއިން
ފަހަކަށް އައިސް ރާއްޖޭގެ ގިނަރަށްތަކުގައި އަންނަނީ މޮނިއުމަންޓްތައް ހަދަމުންނެވެ. މި ގޮތުން ހަދާ މޮނިއުމަންޓްތައް ހަދަނީ އެރަށް ނިސްބަތްކުރާ ވާހާކަތަކާއި ގުޅޭ ކޮންމެވެސް ރަމްޒެއް ދޭހަވާ ގޮތަށެވެ.