ފޮނަދޫ އެއާޕޯޓް ބަލަހައްޓަމުން އަންނަ އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައީއޭސް) އިން މިއަދު ނެރުނު ނޯޓިހެއްގައި ބުނީ އެ އެއާޕޯޓްގެ އޮޕަރޭޝަންސްތައް ވަގުތީ ގޮތުން މެދުކަނޑާލީ ޓެކްނިކަލް މައްސަލަތަކެއް ދިމާވެގެން ކަމަށެވެ.
އެހެންވެ އެ މައްސަލައާ ހެދި ފުނަދޫ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ނުބޭއްވޭނެ ކަމަށް ބުންޏެވެ. މޯލްޑިވިއަން އިން ފުނަދޫއަށް ދަތުރު ކުރަނީ އަންގާރަ ދުވަހާއި ބުރާސްފަތި ދުވަސް އަދި ހޮނިހިރު ދުވަހުއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވެސް ޓެކްނިކަލް މައްސަލަތަކަކާ ގުޅިގެން ފުނަދޫ އެއާޕޯޓްގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހިފައިވެ އެވެ.
ފުނަދޫ، އެއާޕޯޓްގެ މަަަސަައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި 2018 ވަނަ އަހަރު އެވެ. ފުނަދޫ އެއާޕޯޓް ރަސްމީކޮށް ހުޅުވީ 2020 ގަ އެވެ.