ads
ދިރާގު އީދު އޮފާ
އީދު ބޮލަށް ގޮން: ދިރާގުން ދެ ޑީޖޭއައި ޑްރޯން ހޯދުމުގެ ފުރުސަތެއް
ދިރާގުން ބޮޑު އީދަށް ހާއްސަކޮށްގެން "އީދު ބޮލަށް ގޮން"ގެ ނަމުގައި ކުރިއަށްގެންދާ ފޯރިގަދަ މީސް މީޑިއާ ގިވްއަވޭގައި ބައިވެރިގެން އަގު ހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.
Advertisement

މި ގިވްއަވޭގައި ބައިވެރިވުމަށް ހަދަންޖެހޭ ގޮތަކީ، ދިރާގު އިންސްޓަގްރާމާއި ފޭސްބުކާއި އެކްސްގައިވާ މި ގިވްއަވޭގެ ޚާއްސަ ޕޯސްޓުތަކުގެ ކޮމެންޓް ބައިގައި "އީދު ބޮލަށް ގޮން" ޖަހަން ބޭނުންވާ ރައްޓެހިން ޓެގްކުރުމެވެ. 

ކިތަންމެ ގިނަ ރައްޓެހިންނެއް ކިތަންމެ ފަހަރަކު ވެސް ޓެގް ކުރެވޭނެއެވެ. އެހެންކަމުން، ކޮންމެ ޓެގްއަކާއެކު އިނާމު ލިބުމުގެ ފުރުސަތު އިތުރުވާނެއެވެ.

"އީދު ބޮލަށް ގޮން" ގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނަގާ ލަކީ ޑްރޯ މެދުވެރިކޮށް 3 ނަސީބުވެރިއެއް ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. 

މި ނަސީބުވެރިންނަށް އަދި އެ ފަރާތްތަކުން ޓެގް ކުރި ފަރާތަށް ކަނޑައަޅައިފައިވާ އިނާމުތަކަކީ:

  • 1 ވަނަ އިނާމު: 2 ޑީޖޭއައި ޑްރޯން

  • 2 ވަނަ އިނާމު: 2 އެޕަލް އެއަރޕޮޑްސް (ތަރޑް ޖެނެރޭޝަން)

  • 3 ވަނަ އިނާމު: 2 ސެމްސަންގް ގެލެކްސީ ފިޓް 3 ސްމާޓްވޮޗް

މި ހާއްސަ އިނާމުތައް ހޯދުމުގެ ފުރުސަތު 11 ޖޫން 2025 ގެ ނިޔަލަށް ވަނީ ހުޅުވައިލައިފަ އެވެ.

ދިރާގުން ދަނީ އެކިއެކި ޚާއްސަ މުނާސަބަތުތަކާ ގުޅުވައިގެން ތަފާތު އެކި ހަރަކާތްތައް އަގުހުރި އިނާމުތަކާއެކު ކުރިއަށްގެންދަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް