ads
ހޯމަ ދުވަހުން ފެށިގެން މޫސުން ގޯސް ވަރަށް ވައިގަދަވާނެ: މެޓް
އަންނަ ހޯމަދުވަހުން ފެށިގެން މުޅި ރާއްޖޭގެ މޫސުން ގޯސްވާނެތީ މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
Advertisement

މެޓް އޮފީހުން ބުނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމްގެ ބާރު ގަދަ ވާނެކަމަށް ބެލެވޭތީ އަންނަ ހޯމަ ދުވަހުން ފެށިގެން 5 ދުވަހަށް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށެވެ.

މެޓް އޮފީހުން ބުނީ ހޯމަ ދުވަހުން ފެށިގެން ރާއްްޖޭގެ ސަރަހައްދުގައި ކަނޑުތައް ގަދަވެ، ވައި ބާރުވެ ވިއްސާރަ ކުރާނެ ކަމަށެވެ.

އެގޮތުން، އާންމު ގޮތެއްގައި 13 މޭލާއި 23 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި 40 މޭލާއި 45 މޭލާ ދެމެދު ވައި ޖެހޭނެ ކަމަށް މެޓުން ބުނެ އެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރާނެ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް