މި އެކްސިޑެންޓް ފުލުހުންގެ ހިދުމަތަށް ރިޕޯޓުކޮށްފައިވަނީ ރޭގެ 10:02 ހާއިރުއެވެ.
ފުލުހުންގެ ހިދުމަތުން ދިން މައުލޫމާތުގައިވާ ގޮތުން، މި އެކްސިޑެންޓް ހިނގާފައިވަނީ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައެވެ. އެކްސިޑެންޓްގައި ޖެހުނު ދެ ސައިކަލުގައި ދުއްވަމުން ދިޔަ ދެ މީހުންނަށް ވަނީ އަނިޔާވެފައެވެ.
އަނިޔާގެ ތަފްސީލު ފުލުހުން ހާމައެއް ނުކުރެއެއެވެ.
މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.