ads
ޑިޖިޓަލް އައިޑީ ކާޑު
ޑިޖިޓަލް އައިޑެންޓިޓީ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި
ޑިޖިޓަލް އައިޑެންޓިޓީ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ހޯމް މިނިސްޓްރީން ހުޅުވާލައިފިއެވެ.
Advertisement

މި ހިޔާލު ހޯދުމަށް ހުޅުވާލާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. ހޯމް މިނިސްޓްރީން ބުންޏެވެ.

ޑިޖިޓަލް އައިޑެންޓިޓީ ބިލަކީ ސަރުކާރުން "މޯލްޑިވްސް 2.0" ގެ ނަމުގައި ފަށާފައިވާ ހާއްސަ މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ހޯމް މިނިސްޓްރީން ހާމަކޮށްފިއެވެ. މި މަޝްރޫއަކީ ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންގިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއެކެވެ. މި ބިލާ ގުޅޭގޮތުން ލިބޭ ހުރިހާ ހިޔާލެއްވެސް އާންމުކުރާނެ ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވިއެވެ.

ޑިޖިޓަލް މޯލްޑިވްސް ޕްރޮޖެކްޓަކީ ވޯލްޑް ބޭންކުގެ އެހީގައި 5 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ މަސައްކަތްތަކުގައި ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް، ޑިޕާރޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން އަދި ލޯކަލް ގަވަމަންޓް އޮޓޯރިޓީގެ ހިދުމަތްތަކުން ބޮޑެތި ބަދަލުތަކެއް ފެންނާނެކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް