ads
ލައިބާ ވަނީ އަރްމީނިއާ މުބާރާތުގެ ތިން އިވެންޓުން ރަން މެޑަލް ހޯދައިފަ
ލައިބާ ހޯދި ކާމިޔާބަކީ ދިވެހި ގައުމަށް ލިބުނު ބޮޑު ފަހުރެއް: ރައީސް
އަރމޭނިއަން ޔޫތު އޯޕަންގައި ބައިވެރިވެ، ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަހުމަދު މަހުލޫފު ހޯދި ކާމިޔާބަކީ ދިވެހި ގައުމަށް ލިބުނު ބޮޑު ފަހުރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

އާމޭނިއާގައި ކުރިއަށް ދިޔަ ޔޫތު އޯޕަން ބެޑްމިންޓަން މުބާރާތުގައި ލައިބާ ވަނީ މުބާރާތުގެ ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް އިވެންޓްތަކުން ތިން ރަން މެޑަލް ހޯދާފަ އެވެ.

މިއީ ދިވެހި ބެޑްމިންޓަން ތާރީހުގައިވެސް އެއް މުބާރާތަކުން ދިވެހި ކުޅުންތެރިޔަކު ހޯދި އެންމެ ބޮޑު ކާމިޔާބެވެ. 

ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ބައިނަލްއަގްވާމި މުބާރާތަކުން 3 ރަން މެޑަލް ހާސިލްކޮށްފައިވާތީ ލައިބާ އަށް މަރުހަބާ ވިދާޅުވެ، ލައިބާއަކީ ކުޅިވަރުގައި ރަނގަޅު މުސްތަގުބަލެއް ހޯދަން މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއް ކަމަށް ވިދާޅުވެފަ އެވެ.



އަދި ލައިބާއަށް އިތުރު ކާމިޔާބީއާއި ރަން ވަނަތަކަށް އެދިވަޑައިގަންނަވާ ކަމަށާއި، ހިތްވަރާއި ހުނަރުވެރިކަމާއެކު ކުރިއަށް ދިއުމަށް އެދިވަޑައިގެން ރައީސް ވަނީ ލައިބާއަށް ހިތްވަރު ދެއްވާފަ އެވެ.

މި މުބާރާތުގައި އަރުމީނިއާ، ރާއްޖެ، ޖޯޖިއާ، ސައިޕްރަސް، ރަޝިއާ އަދި ޔޫކްރެއިންގެ 92 ކުޅުންތެރިން ވަނީ ބައިވެރިވެފަ އެވެ.

your imageމުބާރާތުގެ ރަން މެޑަލްއާއެކު ލައިބާ

ބެޑްމިންޓަން ޔޫރަޕަކީ ޔުއެފާ ފަދައިން ޔޫރަޕްގައި ވެސް ބެޑްމިންޓަން ހިންގާ އިދާރާ އެވެ. މިއީ ޔޫރަޕް ކަލަންޑަރުގައި އެމީހުން ހުއްދަ ދީފައިވާ ބެޑްމިންޓަން މުބާރާތެއް ކަމަށްވާއިރު މި މުބާރާތް އިންތިޒާމު ކުރަނީ ބެޑްމިންޓަން ފެޑެރޭޝަން އޮފް އަރުމީނިއާއިންނެވެ.

ލައިބާއަކީ ބެޑްމިންޓަނުގައި ރާއްޖޭގައި މިހާރު ހުރި އެންމެ އުންމީދީ އެއް ކުޅުންތެރިޔާ އެވެ.

މިއީ ލައިބާ މި އަހަރު ވާދަކުރި ބެޑްމިންޓަން ޔޫރަޕް ޖޫނިއާ ކަލަންޑަރުގައި ހިމެނޭ ތިންވަނަ މުބާރާތެވެ. އޭނާ ވަނީ މޮލްޑޯވާގެ މުބާރާތުން މިކްސްޑް ޑަބަލްސް ރިހި މެޑަލް އަކާއި ޑަބަލްސް އިން ބްރޯންޒް މެޑަލް އެއް ހޯދައިފަ އެވެ. އަދި އިޓަލީގައި އޮތް މުބާރާތުން ވަނީ ޑަބަލްސް އާއި މިކްސްޑް ޑަބަލްސް އިން ބްރޯންޒް މެޑަލް ހޯދައިފަ އެވެ.

ލައިބާގެ ކާމިޔާބު ފާހަގަކުރައްވައި ރައީސް ދެއްވި ހިތްވަރަށް، ލައިބާގެ ބައްޕަ އަދި ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާ މަހްލޫފް ވިދާޅުވީ ލައިބާގެ ކާމިޔާބު ފާހަގަކުރައްވައި ރައީސް މަރުހަބާ ވިދާޅުވުމަކީ ލައިބާ އާއި އޭނާގެ އާއިލާ އަށް ވެސް ލިބުނު ހިތްވަރެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް