ads
ހިޔަލަ ގުރޫޕުގެ އީދު ލަވައިގެ މަންޒަރެއް
ޝިފާގެ އީދު ލަވަ ދައްކައިގެން ޕީއެސްއެމް ހޫނު ފެނަށް
ދައުލަތުގެ މީޑިއާ ޕީއެސްއެމުން މިއަހަރުގެ އީދު ކަވަރޭޖްގައި ނަށާ ގުރޫޕު "ހިޔަލަ" ގެ "އީދު ބޯމަތިވަނީ" ލަވަ ހުއްދަ ނުހޯދައި ދެއްކުމުން ބޮޑު މައްސަލައެއް ފެންމަތިވެއްޖެއެވެ.
Advertisement

ދިވެހިރާއްޖޭގެ މަޝްހޫރު ތަރި ޝިފާ މުހައްމަދު ވެސް މަސައްކަތް ކުރާ ހިޔަލަ ގުރޫޕުގެ ލަވަ ޕީއެސްއެމުން ހުއްދަ ހޯދުމެއްނެތި ލަވަ ބޭނުންކުރި މައްސަލައިގައި ހިޔަލަ ގުރޫޕުން ގާނޫނީ ފިޔަވަޅު އެޅުމުގެ އިންޒާރު ދީފިއެވެ.

ޓީވީއެމުން އާދިއްތަ ދުވަހު ދެއްކި އީދު ކަވަރޭޖްގައި އެ ލަވަ ބޭނުންކޮށްފައިވަނީ ހަދިޔާއެއްގެ ގޮތުގައި ލިބުނު އެއްޗެއް ކަމަށް ބުނެއެވެ. އެހެންނަމަވެސް، ހިޔަލަ ގުރޫޕުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ. އެ ގުރޫޕްގެ ހުއްދަ ނުހޯދައި ލަވަ ދެއްކުމުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި، ޕީއެސްއެމް ނުވަތަ އެހެން އެއްވެސް ފަރާތަކަށް ލަވަ ދެއްކުމުގެ ހުއްދަ ދީފައިނުވާ ކަމަށް ފާހަގަކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ޓްރެންޑްވެފައިވާ މި ލަވަ މިހާތަނަށް ޔޫޓިއުބްގައި 85،000 އަށްވުރެ ގިނަ ބަޔަކު ބަލާފައިވެއެވެ.

ހިޔަލަ ގުރޫޕުން މިކަން ވަރަށް ސީރިއަސްކޮށް ނަގާނެ ކަމަށާއި، ހުއްދަނެތި ލަވަ ބޭނުންކުރުމަކީ އެ ގުރޫޕްގެ ހައްގަށް އަރައިގަތުމުގެ އިތުރުން އަން ޕްރޮފެޝަނަލް ކަމެއް ކަމަށް ބުންޏެވެ. ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކަށް މައްސަލަ ހުށަހަޅާނެ ކަމަށްވެސް ހިޔަލަ ގުރޫޕުން ބުންޏެވެ. މިހާތަނަށް ޕީއެސްއެމުން މި މައްސަލައާ ގުޅޭގޮތުން އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. ކޮޕީރައިޓާއި ގުޅޭ ގާނޫނުގެ ދަށުން އުފެއްދުމެއް ބްރޯޑްކާސްޓްކުރުމުގެ ހައްގަކީ އެ އުފެއްދުމުގެ ވެރިފަރާތަށް އޮންނަ އިގުތިސާދީ ހައްގެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

13%
ކަމުގޮސްފި
63%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް