ads
ކުޑަކުދިންގެ ދުވަހުގެ ތެރެއިން
ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމްގެ ދަށުން 75 ކުދިން އާއިލާތަކާ ހަވާލުކޮށްފި
"ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމްގެ ދަށުން މިހާތަނަށް 75 ކުދިން އާއިލާތަކާ ހަވާލުކުރެވިފައިވާ ކަމަށް ޖެންޑާ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
Advertisement

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، މި ޕްރޮގްރާމްގެ ދަށުން ކުދިން ހަވާލުކުރެވޭ އާއިލާތަކާއެކު ޖެންޑާ މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މިހާރު ދައުލަތުގެ ބެލުމުގެ ދަށުގައި 160 އަށްވުރެ ގިނަ ކުދިން ތިބެއެވެ. އެ ކުދިންނަކީ މުޖުތަމައަށް ބޭނުންތެރި، ޒިންމާދާރު ރައްޔިތުންނަށް ހެދުމަށްޓަކައި އެކުދިންނަށް ބޭނުންވާ ތަމްރީނުތަކާއި ހުނަރުތައް ތަރައްގީކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބުންޏެވެ. އެގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އަމާޒުކޮށްގެން "އެމްޕަވަރމަންޓް އެންޑް އެމްޕްލޯއިމަންޓް" ގެ ނަމުގައި ވަކި ޑިޕާޓްމަންޓެއް ހަދާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޖެންޑާ މިނިސްޓަރު އިތުރަށް ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން އުމުރުން 14 އަހަރުވާއިރަށް އެ ކުދިންނަށް ބޭނުންވާ ތަމްރީނުތައް ދެނެގަނެ، އެކުދިން ޝައުގުވެރިވާ ދާއިރާތަކުން ތަމްރީނުދެވޭ ކަމަށެވެ. މިސާލެއްގެ ގޮތުން، ވޯޓާ ސްޕޯޓްސްއަށް ނުވަތަ ޑައިވިންގއަށް ޝައުގުވެރިވާ ކުދިންނަށް އެކަން ދަސްކޮށްދީ، 18 އަހަރު ވާއިރަށް އެ ދާއިރާއިން ސެޓްފިކޭޝަން ލިބޭނެގޮތަށް ކަންތައްތައް ރާވާފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް