ads
ބަންގާޅު މީހާ އެތެރެކުރި ސިނގިރޭޓް
ބަންގާޅު މީހާ ބުނީ ސިނގިރޭޓް ކާޓުނުތަކަކީ މީހަކު ދިން އެއްޗެއްކެމަށް
ސިނގިރޭޓް ކާޓުނުތަކަކީ މީހަކު ދިން އެއްޗެއްކަކަމަށް ގިނަ އަދަދެއްގެ ސިނގިރޭޓް ކާޓޫނުތަކަކާއި އެކޮށް އަތުލައިގެން ބަންގާޅު މީހާ ކޯޓުގައި ބުނެފިއެވެ.
Advertisement

ގާނޫނާއި ގަވާއިދާ ހިލާފަށް ދުންފަތް ރާއްޖެ އެތެރެކޮށް ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އުމުރުން 46 އަހަރުގެ ބަންގަލަދޭޝް ރައްޔިތެއްކަމަށްވާ އަބްދުލް ކަރީމް ހައްޔަރުކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. 

އޭގެ ފަހުން އޭނާގެ ބަންދަށް ޖެހި 15 ދުވަސް ހަމަވުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް އަނެއްކާވެސް 15 ދުވަސް އިތުރުކޮށްފައެވެ.

your imageސިނގިރޭޓް އެތެރެކުރި މީހާ

ބަންދުގެ މަޖިލީހުގައި ވާހަކަ ދައްކަމުން ކަރީމް ބުނީ ސިނގިރޭޓް ކާޓޫނު ތަކަކީ އޭނާއަށް މީހަކު ގުޅާ ހަވާލުކުރި އެއްޗެއްކަމަށެވެ. އެހެންނަމަވެސް އެއީ ކާކުކަން އޭނާއަށް މިހާތަނަށް ބުނެދެވިފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މި މިހާ ހައްޔަރުކުރީ ތިލަފުށި ބޯޓުޔާޑުގައި އޮތް ދޯންޏެއްގެ ތެރެއިންނެވެ. އަދި އެ ދޯނި ބަލައި ފާސްކުރިއިރު ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ، މެންޗެސްޓަރ ބްރޭންޑުގެ 32 ކާޓޫނު ސިނގިރެޓް ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް