ads
ލ ލިންކު ރޯޑްގައި އެކްސިޑެންޓުވި ސައިކަލު
ލާމު އެކްސިޑެންޓްގައި އަނިޔާވި މީހާ ފަރުވާއަށް މާލެއަށް
ލ. ގަމުގެ ލިންކު ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި އެކަކު އިތުރު ފަރުވާއަށް މާލެ ގެންނަން ނިންމައިފިއެވެ.
Advertisement

މިމަހުގެ 8 ވަނަދުވަހުގެރޭ ލ. ގަމުގެ ލިންކު ރޯޑުގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލްގައި ތިބި ދެމީހުންނަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އެގޮތުން އެ ދެމީހުންގެ ފައި ދެ ތަނަކުން ބިނދި ބޯފަޅައިގެން ގޮސް އިތުރު ޒަހަމްތަކެެއްވެސް ލިބިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

އޭގެތެރޭގައި ސައިކަލު ދުއްވަން އިން 44 އަހަރުގެ ދިވެހި ފިރިހެން މީހާގެ ކަނާތު ފައި ދެ ތަނަކުން ބިނދި ބޯ ފަޅައިގެންގޮސް އިތުރު އަނިޔާތައް ވެފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި އެ ސައިކަލުގެ ފަހަތުގައި އިން 44 އަހަރުގެ ފިރިހެން މީހާގެ ވެސް ކަނާތު ފައި ދެ ތަނަކުން ބިނދި އޭނާގެ ވެސް ބޯ ފަޅައިގެން ގޮސް އިތުރު އަނިޔާތައް ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ.  

މި ދެމީހުންގެ ތެރެއިން އިތުރު ފަރުވާއަށް މާލެ ގެންނަނީ 44 އަހަރުގެ މީހާއެވެ. އޭނާގެ ކަނާތު ފައިގެ ކަށިމަތީގެ މެދަށް ވުރެ މަތިން ކުޑަހުޅާ ވީ ދިމާލުގައި ވަރަށް ބޮޑު ފްރެކްޗާއެއް އިނުމުން އެ ތަން ރަނގަޅު ކުރެވޭނީ ސާޖަރީއެއް ހަދައިގެންކަމަށް ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނެއެވެ. އަދި އެމީހާ ސާޖަރީ ހަދަން މާލެ ފޮނުވާލަނީ ސާޖަރީ ހެދުމަށް ބޭނުންވާ ވަސީލަތްތައް މި ވަގުތު އެ ހޮސްޕިޓަލުގައި ނެތުމުންކަމަށްވެސް އެ ހޮސްޕިޓަލްގެ އޮފިޝަލަކު ބުނެއެވެ. 

މި ހާދިސާގައި އަނިޔާވި އަނެެއް މީހާ ވަނީ ފަރުވާއަށް ފަހު ދޫކޮށްލާފައެވެ. 

މި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވަން އިިނީ 62 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަށް މި އެކްސިޑެންޓްގައި އެއްވެސް އަނިޔާއެއްވެފައި ނުވާކަމަށް ފުލުހުން ބުނެެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް