ads
މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝެއިހް އިބްރާހިމް ފަރީދު އަހްމަދު
ފަރީދަކީ ހުލްގު ހެޔޮ، އަޅުވެރިއެއް،ހަނދާންތަކަށް ނިމުމެއް ނެތް: ރައީސް
ޝައިހް އިބްރާހީމް ފަރީދު އަހްމަދަކީ ހުލްގު ހެޔޮ، އަޅުވެރިއެއްކަމަށާއި އެހަނދާންތަކަށް ނިމުމެއް ނެތްކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެެވެ.
Advertisement

ރައީސް މުއިއްޒު މިހެން ވިދާޅުވީ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝެއިހް އިބްރާހިމް ފަރީދު އަހްމަދު ކުއްލި ގޮތަކަށް މިއަދު އަވަހާރަވުމުން އެކަމުގެ ހިތާމާގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

ޝެއިހް ފަރީދު އަވަހާރަވީ މެލޭޝިއާގައި އޮތް ބައްދަލުވުމުކަަށް މިއަދު އެގައުމަށް ވަޑައިގެން އެއާޕޯޓަށް ފަބައިވަޑައިގެންތާ މާ ގިނައިރުތަކެއް ނުވަނީސްެއެވެ. 

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝައިޚް އިބްރާހީމް ފަރީދު އަހްމަދު އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާ އެކުކަމަށެވެ. އަދި ފަރީދަކީ ހުލްގު ހެޔޮ، އަޅުވެރިއެއްކަމަށާއި އެހަނދާންތަކަށް ނިމުމެއް ނެތްކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ. 

" އިސްލާމް ދީނުގެ ކަންކަން އޮޅުންފިލުއްވައި ދެއްވައި، ހެޔޮ ކަންކަމަށް ނަސޭހަތް ދެއްވުމުގައި ހުރިހާ ވަގުތެއް ހޭދަކުރައްވަމުން ގެންދެވި ދީނީ އިލްމު ވެރިޔާ މަރްހޫމް ފަޟީލަތުއްޝައިހް އިބްރާހީމް ފަރީދަކީ، ހުލްގު ހެޔޮ، އަޅުވެރިއެއް. ދީނީ ކަންކަމަށް މަގު ދެއްކެވުމުގައި އެ އަދާކުރެއްވި ހީވާގި އަދި ހިތްވަރުގަދަ ދައުރުގެ ހަނދާންތަކަށް ނިމުމެއް ނެތް." ރައީސް އެކްސްގައި ކުރެއްވި ޕޯސްޓްގައިވެއެވެ.

ރައީސް ވަނީ ޝައިޚް އިބްރާހީމް ފަރީދު އިސްލާމް ދީނަށްޓަކައި ކޮށްދެއްވި އިހްސާންތެރި މަސައްކަތްޕުޅުތަކުގެ ދަރުމައާއި ޘަވާބު، އެންމެ ހެޔޮގަތުގައި ދެއްވުމަށް އެދި ދުުއާކުރައްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް