އެ ކުންފުނިން ހާމަކުރި ގޮތުގައި މި މަޝްރޫއުގެ ތެރެއިން ޖިއޯ ބޭގް ރިވެޓްމަންޓްގެ މަސައްކަތުގެ 88 ޕަސަންޓު ވަނީ މިހާރު ނިމިފައެވެ.
އެމްޓީސީސީން އިތުރަށް ހާމަކުރި ގޮތުގައި ބިން ހިއްކާފައިވާ ސަރަހައްދުން 503 މީޓަރު ސަރަހައްދެއްގައި ޖިއޯ ބޭގް ޖެހުމަށް ހަމަޖެހިފައިވާއިރު، 247 މީޓަރު ސަރަހައްދެއްގައި ބޮޑު ހިލަ ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ އަގަކީ 61.75 މިލިއަން ރުފިޔާއެވެ.
ރާއްޖޭގެ އެކިއެކި ރަށްރަށުގެ ބަނދަރު އަދި ބިން ހިއްކުމާއި ރަށްގިރުމުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. ނިލަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައިވަނީވެސް އެމްޓީސީސީއާއެވެ.