ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އެފްއޭއެމްގެ އިވެންޓެއްގެ ތެރެއިން
ބައެއް ކްލަބުތަކުގެ ވެރިންގެ މައްޗަށް ދައުވާކޮށްފާނެ
އެފްއޭއެމުން ފުޓްބޯޅަ ކްލަބްތަކަށް ދޫކޮށްފައިވާ ފައިސާ ބައެއް ކްލަބްތަކުގެ އިސްވެރިންގެ އަމިއްލަ އެކައުންޓުތަކަށާއި އެ ފަރާތްތައް ހިއްސާވާ ކުންފުނިތަކަށް ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
Advertisement

ބައެއް ކްލަބުތަކަށް އެފްއޭއެމުން ދޫކޮށްފައިވާ ފައިސާއަށް އެ ކްލަބުތަކުގެ ވެރިން ހިޔާނާތްތެރިވެފައިވާ މައްސަލަ ފުލުހުން ބަލަމުން އަންނައިރު، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް މިހާރުވެސް ދައުވާކޮށް ޝަރީއަތް އޮތީ ފެށިފައެވެ.

ފުލުހުން މިއަދު ބުނީ ކްލަބްތަކަށް ސަބްސިޑީގެ ގޮތުގައި ދިން ފައިސާއަށް ކްލަބްތަކުގެ ވެރިން ހިޔާތްނާތްތެރިވި މައްސަލަ ފާހަގަކުރެވުމުން، އެކަން ތަހުގީގުކުރަން ފަށާފައިވާކަމަށެވެ. އެހެންނަމަވެސް ހިޔާނާތްތެރިވެފައިވަނީ ކޮން ކްލަބުތަކެއްގެ ވެރިންނެއް ކަމެއް ފުލުހުން ނުބުނެއެވެ.

އެފްއޭއެމްއަށް ބޭރުގެ ފަރާތްތަކުން ލިބޭ އެހީގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު މިހާރު ވެސް ކުރިއަށްދާއިރު އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމު ހިއްސާވާ ކުންފުންޏަކަށާއި، އެފްއޭއެމްގައި އޭރު މަސައްކަތްކުރި ފަރާތްތަކުގެ އެކައުންޓުތަކަށް އެ އެސޯސިއޭޝަންގެ ފައިސާ ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ވެސް ހިމެނޭކަމަށް ފުލުހުންވަނީ ބުނެފައެވެ.

އެފްއޭއެމްގެ ޚިޔާނާތުގެ މައްސަލައިގައި އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް، ބައްސާމަށް ދައުވާތަކެއްކޮށްފައި ވާއިރު، އެ މައްސަލައިގައި އިތުރު ދެ މީހަކަށާއި އަމީން ކޮންސްޓްރަކްޝަނަށް ވެސްވަނީ ދައުވާކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް