ޝެއިހް ފަރީދުގެ ޖަނާޒާ އޮންނާނީ މަދާމާ މެންދުރު ނަމާދަށްފަހު މެލޭޝިޔާގެ ރާޖާ ހާޖީ ފީސަބީލިއްލާހި މިސްކިތުގައެވެ. މޫނު ދެއްކުން އޮތީ މެލޭ ގަޑިން 11:00 އިން 12:30 އަށެވެ.
އިއްޔެ ހަވީރުގެ ވަގުތެއްގައި ޝެއިހް ފަރީދު އަވަހާރަވީ މެލޭޝިއާގައި އޮތް ބައްދަލުވުމުކަަށް އެގައުމަށް ވަޑައިގެން އެއާޕޯޓަށް ފަބައިވަޑައިގެންތާ މާ ގިނައިރުތަކެއް ނުވަނީސްއެވެ. ފަރީދު މެލޭޝިއާއަށް ވަޑައިގަތީ އެގައުމުގައި ދަރުސެއް ދެއްވުމަށެވެ.
ޝެއިހް ފަރީދުގެ އާއިލާއިން ފުރަތަމަ މަސައްކަތްކުރީ އޭނާގެ ހަށިކޮޅު ރާއްޖެ ގެންނާށެވެ. އެހެންނަމަވެސް އެކަމުގައި ޕޯސްޓްމޯޓަމް ހަދަން ޖެހޭތީ ޖަނާޒާ މެލޭޝިޔާގައި ބޭއްވުމަށް އާއިލާއިން ފަހުން ނިންމިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;