ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ހައްޖުވެރިން އަންނަ އަންނަ ހުކުރު ދުވަހު ރާއްޖެ އަންނަން ފަށާނެއެވެ. މިއަހަރު ރާއްޖެއިން ހައްޖަށް 1000 މީހުން ދެއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ޓްރީޓޮޕްގެ އެސިސްޓެންޓް މެޑިކަލް ޑިރެކްޓަރު، ކޮންސަލްޓެންޓް ފެމިލީ މެޑިސިން، ޑރ. އިބްރާހީމް އިޔާޒު ވިދާޅުވީ ހައްޖުވެރިން އައިސް ހިނގާ ދެ ހަފްތާއަކީ ރޯގާތައް ފެތުރޭ ދެ ހަފްތާތައް ކަމަށެވެ. އެހެންކަމުން އެ ދެ ހަފްތާގެ ތެރޭގއި އެއްވުންތައް ނުބޭއްވުމަށް ޑރ. އިޔާޒު ވިދާޅުވިއެވެ.
ހައްޖުވެރިން ރާއްޖެ އަންނަ ދުވަސް ވަރަކީ އާއްމުކޮށް އެކިކަހަލަ ރޯގާތައް ފެތުރިގެންދާ ދުވަސްވަރެކެވެ.