ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު -- ފޮޓޯ: ރައީސް އޮފީސް
ދައުލަތުގެ އާމްދަނީގެ ގޮތުގައި 16.5 ބިލިއަން, ހަރަދުކުރީ 15.3 ބިލިއަން
ދައުލަތުގެ އާމްދަނީގެ ގޮތުގައި މިހާތަނަށް 16.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ހަރަދުކޮށްފައިވަނީ 15.3 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ކޮށްފައިވާ ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.
Advertisement

މޭ މަހުގެ 29 ވަނަ ދުވަހާ ހަމައަށް ލިބުނު އާމްދަނީއާއި ކުރެވުނު ހަރަދަށް ބަލާއިރު، ޕްރައިމަރީ ބެލެންސް 3.2 ބިލިއަން ރުފިޔާ ސާޕްލަސްވެފައިވާއިރު، އޮވަރޯލް ބެލެންސް ހުރީ 1.2 ބިލިއަން ރުފިޔާގައެވެ.

ސަރުކާރުން މިހާތަނަށް އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ލޯނުތައް ދެއްކުމަށާއި މުވައްޒަފުންގެ މުސާރައަށާއި އެލަވަންސްތަކަށެވެ. ރިކަރަންޓް ހަރަދުތަކުގެ ޖުމްލަ 13.8 ބިލިއަން ރުފިޔާގައި ހުރިއިރު، ކެޕިޓަލް ހަރަދުތައް ހުރީ އެންމެ 1.4 ބިލިއަން ރުފިޔާގައެވެ. ކެޕިޓަލް ހަރަދުތަކަށް ހޭދަކުރި ފައިސާގެ ތެރެއިން 1.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ އުމްރާނީ ތަރައްގީއަށެވެ.

ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާގޮތުގައި މިއަހަރު ލިބުނު 16.5 ބިލިއަން ރުފިޔާގެ އާމްދަނީއަކީ ކުރީ އަހަރަށްވުރެ 1.1 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މީގެ ތެރޭގައި ޓެކްސްގެ ގޮތުގައި 12.9 ބިލިއަން ރުފިޔާ އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ ހިމެނެއެވެ. މި އާމްދަނީގެ ބޮޑު އިންސައްތައެއް ލިބިފައިވަނީ ޓޫރިޒަމް ދާއިރާއިން ދައްކާފައިވާ ޓީޖީއެސްޓީ އާއި އެހެނިހެން ޓެކްސްތަކުންނެވެ. އަދި ސަބްސިޑީ ދިނުމަށް ކުރި ހަރަދު ކުރީ އަހަރަށްވުރެ 400 މިލިއަން ރުފިޔާ މަދެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް