
ޝެއިހް ފަރީދު
ބޭބެ ފަރީދު ނިޔާވެފައި އޮތީ ރީތިކޮށް މި ގޮތަށް : ޒައިދު
މުހައްމަދު އާދަމް އަހްމަދު
11 ޖޫން 2025 - 11:52:20
ޝެއިހް އިބްރާހީމް ފަރީދު އަހްމަދު ނިޔާވެފައި އޮތީ ޝަހާދަތް އިނގިލިން ތައުހީދުގެ ކަލިމައަށް އިޝާރާތް ކުރަމުންދާ ހާލުގައިިކަމަށް ކޮއްކޮ އަލީ ޒައިދު ބުނެފިއެވެ.
ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ޝެއިހް ފަރީދު އަވަހާރަވީ މެލޭޝިއާގައި އޮތް ބައްދަލުވުމުކަަށް އެގައުމަށް ވަޑައިގެން އެއާޕޯޓަށް ފަބައިވަޑައިގެންތާ މާ ގިނައިރުތަކެއް ނުވަނީސްއެވެ. ފަރީދު މެލޭޝިއާއަށް ވަޑައިގަތީ އެގައުމުގައި ދަރުސެއް ދެއްވުމަށެވެ.
ޝެއިހް ފަރީދުގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަލީ ޒައިދުވަނީ ބޭބެ މަރުވެފައި އޮތް ގޮތް އެކްސްގައި ކުރި ޕޯސްޓެއްގައި ހިއްސާކޮށްފައެވެ.
" ބޭބެ އޮތީ ވަރަށް ރީތިކޮށް! އަދި ނިޔާވެފައި އޮތީ ޝަހާދަތް އިނގިލިން ތައުޙީދުގެ ކަލިމައަށް އިޝާރާތް ކުރަމުންދާ ޙާލުގައި! ❤️☝️ބޭބެއަށް ހެޔޮ ދުޢާކުރައްވަވާ! " އަލީ ޒައިދު އެކްސްގައި ލިޔުއްވާފައިވެއެވެ.
ފަރީދުގެ ޖަނާޒާ އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު މެލޭޝިޔާގެ ރާޖާ ހާޖީ ފީސަބީލިއްލާހި މިސްކިތުގައެވެ. މޫނު ދެއްކުން އޮތީ މެލޭ ގަޑިން 11:00 އިން 12:30 އަށެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް