
އެ ޖަމިއްޔާއިން ބުނިގޮތުގައި ޝޭހު ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި އިމާރާތުކުރާ މިސްކިތެއް އެޅުމަށް 7 ލައްކަ ރުފިޔާ ހޭދަވާނެއެވެ.
ދީނީ ދައުވަތުގެ މަސައްކަތުގައި މެލޭޝިއާއަށް ދަރުސް ދެއްވުމަށް ވަޑައިގެން އެއާޕޯޓުގައި ހުންނެވިނިކޮށް އަވަހާރަވި ޝޭހު ފަރީދުގެ ހަނދާނުގައި އިމާރާތުކުރާ މިސްކިތް ބިނާކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ހިދުމަތް ޖަމިއްޔާއިން ބުންޏެވެ. އަދި އެކަމަށް އެހީތެރިވުމަށް ފުރުސަތު ހުޅުވާލުމުން ކުރު މުއްދަތެއްގެ ތެރޭގައި ބޭނުންވާ ފައިސާ ހަމަވެފައިވާކަމަށް އެ ޖަމިއްޔާއިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެއެވެ.
އުމުރުން 53 އަހަރުގެ ޝޭހު ފަރީދުގެ ހަށިގަނޑު މިހާރު ވަނީ މެލޭޝިއާގައި ވަޅުލާފައެވެ. އަދި ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު، ރާއްޖޭގެ ހުކުރުކުރާ ހުރިހާ މިސްކިތެއްގައި ޝޭހު ފަރީދުގެ މައްޗަށް ގައިބަށް ކަށުނަމާދު މިކުރާނެއެވެ.