ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ހުރާ ސިއްހީ މަރުކަޒު. ލެބޯޓަރީ ފަށަން ކުލީ ކޮޓަރިއެއް ހޯދަނީ
ހުރާ ސިއްހީ މަރުކަޒުގައި ލެބޯޓެރީ ހިދުމަތް ފަށަން ކުލީ ކޮޓަރިއެއް ހޯދަނީ
މާލެ އަތޮޅު ހުރާގައި ލެބޯޓެރީ ހިދުމަތް ފަށަން ކުލީ ކޮޓަރިއެއް ހޯދަން އެ ރަށު ސިއްހީ މަރުކަޒުން އިއުލާންކޮށްފިއެވެ.
Advertisement

ހުރާ ސިއްހީ މަރުކަޒުން ބުނީ އެ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ފެށުމަށްޓަކައި ކޮޓަރިއެއް އެއްއަހރު ދުވަހަށް ކުއްޔަށް ހިފަން ބޭނުންވާކަމަށެވެ. 

ހުރާ ކައުންސިލުން ބުނީ ލެބޯޓަރީ ހިންގަން ކުއްޔަށްދޭ ކޮޓަރިއަކީ ކުޑަވެގެން 15 ފޫޓް އަދި 12 ފޫޓްގެ ކޮޓަރިއަކަށް ވާންޖެހޭނެކަމަށެވެ. އަދި އެތަން ހުންނަން ވަނީ ސިއްހީ މަރުކަޒު ކައިރީގައި ކަމަށާއި އެތަނަކީ މީހުން ދިރިއުޅޭ ތަނާއި ވަކިން ހުންނަ ތަނަކަށް ވާންޖެހޭނެކަމަށެވެ. އެތަން ހުންނަންވާނީ އެސީކޮށްފައިކަމަށްވެސް ސިއްހީ މަރުކަޒުން ބުނެއެވެ.

އެހެންކަމުން އެ މަރުކަޒުގެ ލެބޯޓްރީ ހިންގަން ރަށުން ކޮޓަރިއެއް ދޭން ޝައުގުވެރުވާ ފަރާތްތަކުން އެކަމަށް އެދި މިމަހުގެ 22 ވަނަ ދުވަހުގެ 12:00 ކުރިން ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އަދި އޭގެ ފަހުން ހުށައަޅާ އެއްވެސް ބީލަމެެއް ބަލައި ނުގަންނާނެކަމަށާއި ބީލަން ހުޅުވުން އޮންނާނީ ޖޫން 24 ގައިކަމަށް ހުރާ ސިއްހީ މަރުކަޒުން ބުނެއެވެ. 

ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރި ވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރަޖިސްޓްރީވުމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކަށް އެކަނި ކަމަށްވެސް ހުރާ ސިއްހީ މަރުކަޒުން ބުނެއެވެ. 

           

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް