ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އައްޑޫ ހޮސްޕިޓަލް
އަމީންގެ މަރު، ތަހުގީގުގައި އަދި ޝައްކު ކުރެވޭ މީހަކު ނެތް : ފުލުހުން
އައްޑޫގައި ކުއްލި ގޮތަކަށް ނިޔާވި ކަމަށް ބެލެވޭ އިބްރާހިމް އަމީން ހަސަން ދީދީގެ މަރުގެ މައްސަލައިގެ ތުހުމަތުކުރެވޭ އެއްވެސް ކަމެއް ނެތްކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
Advertisement

އުމުރުން 27 އަހަރުގެ އިބްރާހިމް އަމީން ހަސަން ދީދީ ކުއްލި ގޮތަކަށް ނިޔާވީ ރައްޓެހިން ތަކަކާއެކު އައްޑޫއަށް ގޮސް އުޅުނިކޮށް މިމަހުގެ 7 ވަނަދުވަހުގެ ރެއެވެ.

އޭނާ ނިޔާވުމުން އޭނާގެ ރައްޓެހިން އޭނާ ހެނދުނު، އައްޑޫ ހޮސްޕިޓަލަށް ލާފައިދިޔަ ކަމަށް އަޑުތައް ފެތުރެނެވެ. އެއާއި އެކު ފުލުހުން ވަނީ އެ މައްސަލަ ތަހުގީގުކުރަން ފަށާފައެވެ. 

އަމީންގެ މަރުގެ ތަހުގީގާއި ގުޅޭގޮތުން ސީއެންއެމްއިން ސުވާލުކުރުމުން ފުލުހުން ބުނީ އޭނާގެ މަރުގެ މައްސަލައިގެ ތުހުމަތުކުރެވޭ އެއްވެސް ކަމެއް ނެތްކަމަށެވެ. އަދި މި މަރުގައި މިހާތަނަށް ޝައްކުކުރެވޭ މީހެއްވެސް ނެތްކަމަށް ފުލުހުން ބުނިއެވެ.

ކުއްލި ގޮތަކަށް މަރުވި އަމީންއަކީ ވެމްކޯގައި މަސައްކަތް ކުރާ ޒުވާނެކެވެ.  އޭނާގެ ރައްޓެހިންތަކެއް އައްޑޫއަށް ގޮސް ކޮޓަރިއެއް ނެގި ކަމަށާއި، އެ މީހުން ކޮޓަރިއަށް ވަނީ އެ ރޭ ފަތިހު 4:00 ހާއިރު ކަން ސީސީޓީވީ ކެމެރާއިން ފެންނަ ކަމަށްވެއެވެ. އަދި އޭގެ ފަހުން ތިން މީހަކު އެ ޒުވާނާ ކޮނޑަށްލައިގެން އެ ކޮޓަރިން ނުކުންނަ މަންޒަރު ސީސީޓީވީން ފެނިފައިވާކަމަށްވެސް ވެއެވެ. 

                    

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް