ads
ގައިދީންތަކާއިއެކު ކަރެކްޝަންސްގެ އޮފިސަރުންތަކެއް
ޓެގް އަޅުވާ 92 މީހަކު ދޫކޮށްލަން އެމީހުންގެ ނުރައްކާއޮތް ވަރު ބަލަނީ
ޝަރީއަތް ނިމެންދެން ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރެއިން މިހާތަނަށް 9 މީހަކު ފައިގައި ޓެގު އެޅުވުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.
Advertisement

ވާނުވާ ބަންދަށް ހައްލެއް ހޯދައިދިނުމުގެ ގޮތިން ޓެގު އަޅުވާފައި އެމީހުން ދޫކުރަން ސަރުކާރުން ފެށީ މިދިޔަ މަހުގެ 28 ގައެވެ.

ޕީޖީ އޮފީހުން ބުނީ އިލެކްޓްރޯނިކް މޮނިޓަރިން ނުވަތަ ޓެގު އެޅުވުމަށްފަހު ބަންދުން ދޫކޮށްލަން ޖުމުލަ 121 މީހަކު ވަނީ އެދިފައިވާކަމަށެވެ. އޭގެތެރެއިން 9 މީހަކު މުޖްތަމައުގެ ތެރެއަށް ދޫކޮށްލާފައިވަކަމަށް ޕީޖީން ބުނެއެވެ. އަދި އެސެސްމަންޓް ހެދުމަށްފަހު 20 މީހަކު ދޫނުކުރަން ނިންމަފައިވަކަމަށްވެސް ޕީޖީ އޮފީހުން މިއަދު ވަނީ ބުނެފައެވެ.

ބާކީ ތިބި  92 މީހުން ދޫކޮށްލުމުގެ ކުރިން އެމީހުންގެ ފަރާތުން މުޖުތަމައަށް ނުރައްކާ އޮތް މިންވަރު ބެލުމަށް ފުލުހުން ހަދަން ޖެހޭ އެސެސްމަންޓްތައް ހަދަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

ޓެގު އެޅުވުމަށް ފަހު ބަންދުން ދޫކޮށްލި 9 މީހުންގެ މައްޗަށް ތުހުމަތުކުރާ ކުށުގެ ބާވަތްތައް ޕީޖީ އޮފީހަކުން ނުބުނެއެވެ. އެހެންނަމަވެސް މިހާތަނަށް ދޫކޮށްލި މީހުންގެ ތެރޭގައި  މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލަތަކުގައި ބަންދުކޮށްފައި ތިބި ބައެއް މީހުން އެބަ ތިބިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް