ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
މަރުވެފައި އޮތް މީހާ ފެނުނު އިމާރާތް
މާލޭގެ ގެއަކުން މަރުވެފައި އޮތް މީހަކު ފެނި ތަހުގީގު ކުރަނީ
މާލޭގެ ގެއެއް ތެރޭގައި މަރުވެފައި އޮއްވައި މީހަކު ފެނިގެން އެކަން ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
Advertisement

މަރުވެފައި އޮތްވާ ފެނުނީ ދިވެހި ފިރިހެނެކެވެ. އޭނާ ފެނުނީ ފެނުނީ މައްޗަންގޯޅީގައި ހުރި ގެއަކުންނެވެ. މި މީހާގެ ހަށިގަނޑު މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ. 

މި މަރާއި ގުޅޭގޮތުން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެއެވެ. އެހެންނަމަވެސް އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

އެނގިފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނުނީ އުމުރުން 41 އަހަރުވެފައިވާ ހއ. ހޯރަފުށްޓަށް ނިސްބަތްވާ މީހެކެވެ. 

މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ވެސް މާލޭގެ ގެއަކުން މަރުވެފައި އޮތް މީހަކު ފެނުނުނެވެ. އުމުރުން 46 އަހަރުގެ އެ ފިރިހެން މީހާގެ މައްސަލަވެސް ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް