ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ތުލުސްދޫގެ އާ ހޮސްޕިޓަލް އަޅާ ސަރަހައްދު
ތުލުސްދޫގައި އަޅާ އާ ހޮސްޕިޓަލުގެ މަސަތްކަތް އެމްޓީސީސީ އިން ފަށައިފި
މާލެއަތޮޅު ތުލުސްދޫގައި އަޅާ އާ ހޮސްޕިޓަލްގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.
Advertisement

30 އެނދުގެ ހޮސްޕިޓަލެއް ތުލުސްދޫގައި އަޅަން އެމްޓީސީސީއާ ހެލްތް މިނިސްޓްރީން ހަވާލުކުރީ މިދިޔަ މާރިޗުމަހުގެ 28 ގައެވެ. 

މި މަސައްކަތުގައި ހިމެނެނީ 1،729.12 އަކަމީޓަރުގެ ފްލޯ އޭރިއާ އާއި 238.11 ކިއުބިކް މީޓަރުގެ ކޮންކްރީޓް މަސައްކަތް އަދި 167.63 މީޓަރުގެ ސްޓްރަކްޗަރަލް މެޓީރިއަލްސްކަމަށް އެމްޓީސީސީން ބުނެއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 101.71 މިލިއަން ރުފިޔާއަށެވެ. 

އެމްޓީސީސީން އަންނަނީ މި ހޮސްޕިޓަލް އަޅާ ސަރަހައްދުގެ ބިން ސާފުކޮށް އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ.

your imageތުލުސްދޫ އާ ހޮސްޕިޓަލް އަޅާ ބިން އެމްޓީސީސީން ސާފުކުރަނީ 

1،680 މީހުންގެ އާބާދީއެއް އޮންނަ ކ.ތުލުސްދޫގައި ހޮސްޕިޓަލެއް ބިނާ ކުރުމަށް ފަށާފައިވާއިރު މި މަޝްރޫއަކީ މުޅި ތުލުސްދޫގެ މުޖުތަމައުތަކަށް އާންމު ޒަރޫރީ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ދޭ ސަމާލުކަމުގެ ތެރެއިން ކުރިއަށް ގެންދާ މަޝްރޫއެއްކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. 

ސަރުކާރުން ހިންގާ ތަރައްޤީ މަޝްރޫއުތައް ދެމުން އަންނަނީ އެމްޓީސީސީއާ އާރުޑީސީގެ އިތުރުން ފެނަކަ ކޯޕަރޭޝަނަށެވެ. އެގޮތުން މި ތިން ކުންފުންޏަށް މީގެ ކުރިން ވަނީ ފުލުހުންގެ މަރުކަޒުތަކާއި ، ސްކޫލްތަކާއި މިސްކިތްތައް އެޅުމަށްވެސް ހަވާލުކޮށްފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް