ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
މަޝްހޫރު ދީނީ އިލްމުވެރިޔާ އަލް މަރުހޫމް އައްޝެއިހް އިބްރާހިމް ފަރީދު އަހްމަދު
ރާއްޖޭގައި ފަރީދުގެ ހަނދާނުގައި މިސްކިތެއް އަޅަން ފަނޑުކުރަން ދިވެހިންނަށް ފުރުސަތު
މެލޭޝިއާގައި އަވަހާރަވި ދީނީ އިލްމުވެރިޔާ އިބްރާހިމް ފަރީދު އަހުމަދުގެ ހަނދާނުގައި ރާއްޖޭގައި މިސްކިތެއް އެޅުމަށް ހިދުމަތް ޖަމިއްޔާއިން ނިންމައި އެކަމަށް އެހީވާން ބޭނުންވާ ދިވެހިންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
Advertisement

ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތް އެޅުމަށް ބޭނުންވާ ފައިސާ ހަމަވުމުން، ގިނަ އަދަދެއްގެ މީހުން ފަރާތުން އިތުރަށް ފައިސާގެ އެހީ ލިބެމުންދާތީ މިފަދަ ނިންމުމެއް ނިންމާފައިވާ ކަމަށް އެ ޖަމިއްޔާއިން ބުދަ ދުވަހު ބުންޏެވެ.

މެލޭޝިއާގައި އޮތް ބައްދަލުވުމަކަށް މިދިޔަ ހޯމަ ދުވަހު ވަޑައިގަންނަވަނިކޮށް އެ ގައުމުގެ އެއާޕޯޓުގައި ފަރީދު ވަނީ ނިޔާވެފައެވެ. ފްލައިޓުން ފޭބިތަނާ ފަރީދު ވެއްޓި ވަޑައިގަތުމުން އަވަސް ފަރުވާ ދިނެވެ. ނަމަވެސް ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާ ނިޔާވިއެވެ. އެ ބޭފުޅާގެ ޖަނާޒާ ރާއްޖެ ގެނައުމަށް އާއިލާއިން ބޭނުންވިޔަސް، ހަށިގަނޑު މެލޭޝިއާއިން ގެންނަނަމަ ޕޯސްޓްމޯޓަމް ހަދަން ޖެހޭތީ އެ ގައުމުގައި ވަޅުލުމަށް ނިންމީއެވެ. ޝެއިހް ފަރީދު ވަޅުލީ އިއްޔެ މެންދުރު ނަމާދަށް ފަހުއެވެ.

ފަރީދުގެ ހަނދާނުގައި ރާއްޖޭގައި މިސްކިތެއް އެޅުމަށް އެހީވާން ބޭނުންވާ މީހުންނަށް މިހާރު އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ހިދުމަތް ޖަމިއްޔާއިން ބުންޏެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވަނީ ރާއްޖޭގައި ހުކުރުކުރާ ހުރިހާ މިސްކިތެއްގައި މާދަމާ ފަރީދުގެ މައްޗަށް ގައިބަށް ކަށުނަމާދު ކުރަން ނިންމާފައިވާ ކަމަށެވެ. ޝެއިހް ފަރީދަކީ ގިނަ ބައެއްގެ މަގްބޫލުކަން ލިބިފައިވާ، ދަރުސް ދެއްވުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ދީނީ އިލްމުވެރިއެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް