މި އެކްސިޑެންޓު ހިނގީ މާލޭ ބޮޑުތަކުރުފާނުމަގުން ސްޓޭޓް ބޭންކް އޮފް އިންޑިއާ ކުރިމަތީގައެވެ.
ސީއެންއެމްއާ ވާހަކަދައްކަމުން އެކްސިޑެންޓުވި ޑްރައިވަރު ބުނީ، ކާރު ދުއްވަން އިންނަނިކޮށް އޭނާއަށް އަކުނިވަޔަށް ދަމައިގަތުމުން ކާރު ކޮންޓްރޯލް ނުވެގެން މި އެކްސިޑެންޓު ހިނގާފައިވާ ކަމަށެވެ. އެކްސިޑެންޓުގައި ޓެކްސީ ވަނީ ޕާކުކޮށްފައި އޮތް ދެ ކާރުގައި ޖެހި އެކްސިޑެންޓުވެފައެވެ.
މިފަދަ އެކްސިޑެންޓުތަކަކީ ވަރަށް ނުރައްކާތެރި ހާދިސާތައް ކުރިމަތިވެދާނެ އެކްސިޑެންޓުތަކެއް ކަމަށް ފާހަގަކުރެވެއެވެ. ނަމަވެސް މާލޭގައި މިއަދު މެންދުރު ހިނގި މި އެކްސިޑެންޓުގައި ބޮޑު އަނިޔާއެއް އެއްވެސް މީހަކަށް ލިބުނުކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.
އެކްސިޑެންޓު ހިނގި ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.