ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ރިންޒީ މިހާރު އޮތް ހާލަތު
ސްޓްރޯކެއް ޖެހި ރިންޒީ ގެ ހާލު ސީރިއަސް، ބޭނުން ވަނީ ދީލަތި އެހީއެއް
ސްޓްރޯކްގެ މައްސަލަ ތަކަކީ ދިވެހި ރާއްޖެ އަށް ކުރިމަތި ވެފައިވާ ސިއްހީ ބޮޑު މަައްސަލައެކެވެ. އެކަމުގެ ސަބަބުން ވޭނަށް ހުށައެޅިފައިވާ އެތައް ބަލިމީހެއް އެބަތިއްބެވެ. އޭގެ ތެރެއިން އެކަކީ އާމިނަތު ރިންޒީ، މާލެ، ހ. ސުވާސާމަންޒިލް އަކީ ވެސް އެފަދަ އެކަކެވެ. އޭނާ އުމުރުން އެންމެ 45 އަހަރުގައި ހަޔާތުގެ ސަފްހާތައް ހިތްދަތި ކަމާއި، ވޭނާއި ކެކުޅުމުގެ ތެރެއަށް އަރަގު ވެގެން ދިޔައީ އޭނާ ދަންނަ އެންމެންގެ ހިތް ރޮއްވާފަ އެވެ.
Advertisement

މި އަހަރުގެ ކުރީކޮޅު ރިންޒީ އަށް ދިމާވި މައްސަލަތަކުގެ ސަބަބުން އޭނާ އަށް ވަނީ ވަރަށް ބޮޑެތި ސިއްހީ މައްސަލަތަކެއް ދިމާވެ އެއް އަތް ބުރިކޮށްލާފައި އެވެ. އޭނާގެ އާއިލާ މީހުން ބުނާ ގޮތުގައި ރިންޒީގެ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ވެސް ވަނީ ސްޓްރޯކް ތަކެއް ޖެހިފަ އެވެ. އެހެން ވުމުގެ ސަބަބުން ރިންޒީ އަށް އެއްވެސް ގޮތަކަށް ވާހަކައެއް ނުދެއްކެ އެވެ. އަދި ރިންޒީ އަށް އެހެން އެއްވެސް ހަރަކާތެއް ވެސް ނުކުރެވެ އެވެ. 

ރިންޒީގެ ދައްތަ އައިޝަތު ލީނާ "ސީއެންއެމް" އަށް ބުނީ ރިންޒީ އަށް ވެންޓިލޭޓަރުގައި ފަރުވާ ދިންއިރު ރިންޒީގެ ހިތް ހުއްޓި ރިންޒީ އަށް ސީޕީއާރް ވެސް ދޭން ޖެހުނު ކަމަށެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހުގެ 11 އިން ފެށިގެން 14 އަށް އައިޖީއެމްއެޗް ގައި ފަރުވާ ދިނުމަށްފަހު ހަމަ އެދުވަހު ދެން ބަދަލުކުރީ އޭޑީކޭ އަށް ކަމަށާއި އެތަނުގައި ފެބްރުއަރީ މަހުގެ 10 އެއް ވަންދެން ފަރުވާ ކުރުމަށްފަހު މިހާރު އިތުރު ފަރުވާ އަށް އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް މި މަހުގެ 11 ވަނަ ދުވަހު ބަދަލުކޮށްފައިވާ ކަމަށެވެ.

އަދި މިހާރު ފަރުވާ ދެމުން އަންނަނީ އިންޑިއާގެ ކޮޗިންގެ އެސްޓާ މެޑްސިޓީގައި ކަމަށް ވެސް ލީނާ ވަނީ ބުނެފަ އެވެ. ރާއްޖޭން ބޭރުން ފަރުވާ ހޯދަން ޖެހުމުން ބޮޑު ހަރަދެއް ހިގާނެ ތީވެ އޭނާގެ އާއިލާއިން އިންތިޒާރު ކުރަމުން ދިޔައީ ރިންޒީ ފަރުވާ އަށް އާސަންދަ ހަމަޖެހޭނެ ކަމަށެވެ. ނަމަވެސް އާއިލާގެ އިންތިޒާރަށް ލިބުނީ ދެރަ ހަބަރެކެވެ. އެއީ އާސަންދަ ހަމަ ނުޖެހުނު ކަމުގެ ހަބަރެވެ.

ލީނާ ބުނީ އާސަންދަ ހަމަ ނުޖެހުމުން ވަރަށް ދެރަވި ކަމަށާއި މިފަދަ ހަރަދު ބޮޑު ފަރުވާ އަކަށް ދައުލަތުގެ ހެލްތް އިންޝުއަރެންސް ހަމަ ނުޖެހުމުން އަމިއްލަ އަށް ކުރަން ޖެހޭ ހަރަދު ވަރަށް ބޮޑު ވާނެ ކަމަށެވެ.

"މި ހޮސްޕިޓަލުން ފިޒިއޮތެރަޕީ އަށް އެކަނި (ފިޒިއޯ، ނާރސިންގ ޗާޖްސް، އަދި ޝެއަރިންގ ރޫމް) އަށް ކޮންމެ ދުވަހަކަށް 300 ޑޮލަރު އެބަ ހޭދަވޭ، މީގެ އިތުރަށް ހަދަން ޖެހިދާނޭ ކޮންމެ ޕްރޮސީޖަރ އަކަށް އިތުރު ޗާޖްސް އަރާނެ. ޑޮކްޓަރުން ބުނެފައިވަނީ، ޓްރެކިއޮސްޓޮމީ ޓިއުބް ކުޑަ ޓިއުބް އަކަށް ބަދަލުކޮށް، ކުރަން ވެސް ޖެހޭނެ ކަމަށް، އާރްޓީ ހޮޅި (ނޭފަތުން ގުޅާފަ އިން ކާންދޭ ހޮޅި)، ބަނޑަށް ބަދަލު ކުރުމާއި ކަނާތު ފައި ތިލައިގެ ސާޖަރީ އެއް ވެސް ހަދަން އެބަ އޮތް" ލީނާ ބުންޏެވެ.


 

your imageރިންޒީގެ ބަލީގެ ހާލަތު އަންގައިދޭ ލިޔުމެއް

ރިންޒީ އަމްރިތާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ 10 ފެބްރުއަރީ 2025 ގައި ސެންސަރިއަމް ބަދަލުވުމާއި ނޭވާލާ ނިޒާމަށް އުނދަގޫވުން ފަދަ އަލާމާތްތަކެއް ފެނިގެންނެވެ. ރިޕޯޓް ތަކުން ދައްކާ ގޮތުގައި ކަނާތު އެތެރޭގެ ކެރޮޓިޑް އާޓާރީ މުޅިން ބަންދުވެ، ބައިލެޓަރަލް ފްރޮންޓޯ-ޕެރިއެޓޯ-އޮކްސިޕިޓަލް އަދި ކަނާތު ތެލަމިކް އިންފާކްޝަންސް އަށް މަގުފަހިވެ އެވެ.

ފަހުން އޭނާއަށް އެތައް ކޮމްޕްލިކޭޝަންތަކެއް ކުރިމަތިވި ކަމަށެ ވެސް ރިޕޯޓް ތަކުން ދައްކަ އެވެ. އޭގެ ތެރޭގައި:

 - ސީޒަރ

 - ކަނާތު މަތީ ފަރާތުގެ އިސްކެމިއާ، އޭގެ ސަބަބުން އަތް ބުރިކޮއްލުން

 - ޓްރެކިއޮސްޓޮމީ އާއި މެކޭނިކަލް ވެންޓިލޭޝަން

 - ހަންގަނޑުގައި ރިއްސުމާއި އިންފެކްޝަންތައް

 - ލެފްޓް ވެންޓްރިކިއުލަރ ޑިސްފެންޝަން އަދި އޮކްސިޖަން ޑިސެޗުރޭޝަން

އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު ފިޒިކަލް މެޑިސިން އެންޑް ރިހެބިލިޓޭޝަން ޑިޕާޓްމަންޓަށް ބަދަލުކޮށް، ހައިޕަރބަރިކް އޮކްސިޖަން ތެރަޕީ (އެޗްބީއޯޓީ) ގެ 40 ސެޝަން އާއި އެހެނިހެން ސަޕޯޓިވް ފަރުވާތައް ހިމެނޭ ގޮތަށް ތެރަޕީތައް ވެސް ވަނީ ރިންޒީ އަށް ދީފަ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ބޭރުގައި މަޑުކުރަން ޖެހުނު ނަމަވެސް މިއަދު ރިންޒީ އަތުގައި އެވަރުގެ ތަނަވަސްކަމެއް ނެތެވެ. ރިންޒީ އަށް ރަނގަޅު ފަރުވާ ކުރެވޭނީ އޭނާއަށް އިތުރު އެހީތެރިކަމެއް ދޭނެ ބަޔަކު ލިބެގެން އެވެ. ރިންޒީ އަށް މިހާރު ވަނީ ވަރަށް ގިނަ މީހުންގެ އެހީ ލިބިފަ އެވެ. ރިންޒީގެ ސިއްހަތު ރަނގަޅުކުރުމަށް ކުރަން އޮތް ހުރިހާ ކަމެއް ކުރަން އާއިލާއިން އަތުކުރި އޮޅާލާފައިވާއިރު އެ އާއިލާ އިން އެދެނީ ރައްޔިތުންގެ އިތުރު އެހީއަށެވެ.

ގުޅޭނެ ނަމްބަރު: 7772278 – އައިޝަތު ލީނާ  

އެކައުންޓް ނަމްބަރ- 7704250684001 ( Aishath Leena ) MVR 

އެކައުންޓް ނަމްބަރ- 7730000538795 ( Aishath Leena ) USD  

ރިންޒީގެ އާއިލާއިން އެދެނީ ފައިސާގެ ގޮތުން އެހީ ދެވެން ނެތް ފަރާތްތަކުން ވެސް ރިންޒީ އަށް ހެޔޮ ދުއާ ކޮށް ދިނުމަށެވެ.


ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ.

80%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް