ads
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަދި އޭނާގެ ނައިބު ޖޭޑީ ވެންސް.
އިޒްރޭލުގެ ދިފާއުގައި އެމެރިކާއިން އެއްބާރުލުން ދޭނެ: ޓްރަމްޕް
އިރާނުގެ އަސްކަރީ މަރުކަޒުތަކާއި ނިއުކްލިއާ ފެސިލިޓީތައް ހިމެނޭހެން އަށް ސަރަހައްދަކަށް އިޒްރޭލުން ވަރުގަދަ ހަމަލާތަކެއްދިނުމުން އެކަމާއި އުފާކޮށް އެމެރިކާ އަބަދުވެސް އޮންނާނީ އިޒްރޭލު ފަހަތުގައި ކަމަށް އެމެރިކާއިން ބުނެފި އެވެ.
Advertisement

ރިޕޯޓްތައް ބުނާ ގޮތުގައި އީރާންގެ ނަތަންޒްގައި ހުންނަ ނިއުކްލިއާ މަރުކަޒަކަށް ވަނީ ހަމަލާ އަމާޒުކޮށްފަ އެވެ. އަދި ފުރަތަމަ ދިން ހަމަލާތަކަށް ފަހު ދެ ވަނަ އަދި ތިން ވަނަ ފަހަރަށް ވެސް ހަމަލާތަކެއް ދިން ކަމުގެ ރިޕޯޓްތަކެއް ވެސް އާންމުވެފައިވެ އެވެ.

އަދި ހަމަލާތަކުގައި އީރާނު ސަރުކާރުގެ މުހިންމު އޮފިޝަލުންތަކެއް ވެސް ވަނީ އަވަހާރަކޮށްލައިފި އެވެ. އެގޮތުން އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ކޮމާންޑަރު ޖެނެރަލް ހުސައިން ސަލާމީއާއި ނިއުކްލިޔާ ދެ ސައެންޓިސްޓަކު އަވަހާރަވެފައިވާކަން އީރާނުގެ ތަސްނީމް ނޫސް އެޖެންސީން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އިޒްރޭލުގެ ހަމަލާތަކުގެ ޒިންމާ އެމެރިކާއިން ވެސް އުފުލަން ޖެހޭނެކަމަށް އީރާނުން ކުރިން ވެސް އޮތީ ބުނެފަ އެވެ. އީރާނުގެ ހާރިޖީ ވުޒާރާއިން ބުނީ އިޒްރޭލުން ދޭ ހަމަލާތަކަށް ބަދަލު ހިފުމުގެ ގާނޫނީ ހައްގު، އދ.ގެ ޗާޓަރުގެ މައްޗަށް ބިނާކޮށް، އީރާނަށް ލިބޭ ކަމަށެވެ.

މިކަމަށް ރައްދު ދިނުމަށް އީރާން ތައްޔާރުވަމުން އަންނަނިކޮށް އިޒްރޭލުގެ "ބައްޕަ" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އިޒްރޭލުގެ ދިފާއުގައި އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އީރާނުން ބަދަލުހިފުމުގެ ފިޔަވަޅެއް އަޅައިފިނަމަ އިޒްރޭލުގެ ދިފާއުގައި އެމެރިކާއިން އެއްބާރުލުން ދޭނެ" ޓްރަމްޕް ވިދާޅުކަމަށް ފޮކްސް ނިއުސް އިން ރިޕޯޓް ކުރި އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ ވެސް ހަަމަލާއާ ގުޅިގެން ބަޔާނެއް ނެރެފައިވާއިރު އޭގައި ބުނެފައި ވަނީ މިއީ އެމެރިކާގެ ބައިވެރިވުމެއް ނެތި، އިޒްރޭލުން "އަމިއްލަ ދިފާއުގައި ދިން ހަމަލާއެއް" ކަމަށެވެ. އެމެރިކާއިން މިވަގުތު އިސްކަން ދެނީ ސަރަހައްދުގައި ތިބި އެމެރިކާ ސިފައިންގެ ރައްކަލަށް ކަމަށާއި އީރާނުން މި ހަމަލާގެ ރައްދުގައި އެމެރިކާގެ މަސްލަހަތު ހިމެނޭ އެއްވެސް ތަނަކަށް ހަމަލާ ދީގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ.

ވައިޓް ހައުސުން ވަނީ، އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާ ދިނުމުގައި އެމެރިކާއިން ސީދާ ގޮތެއްގައި ބައިވެރިނުވާނެ ކަމުގައި ބުނެފަ އެވެ. ނަމަވެސް، މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، އެމެރިކާގެ ރުހުމާއި ނުލައި އިޒްރޭލަށް އީރާނަށް ހަމަލާއެއް ދޭން ކެރޭނެ ކަމަށް ގަބޫލު ކުރަން ދަތި ކަމުގަ އެވެ.

އީރާނަށް ހަމަލާ ދިނުމަށް ފަހު އިޒްރޭލު މިހާރު އޮތީ އީރާންގެ ހަމަލާއަކަށް ތައްޔާރުވެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްގެންނެވެ.

އިޒްރޭލުގެ ހަމަލާތަކުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ވެރިޔާ ހުސައިން ސަލާމީ އަވަހާރަކޮށްލުމާ ގުޅިގެން ބަދަލު ހިފާނެކަމަށް ރިވޮލިއުޝަނަރީ ގާޑުން ވެސް ވަނީ ބުނެފަ އެވެ. އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯ އިން ދައުލަތުގެ ޓީވީން ގެނެސްދިން ބަޔާނެއްގައި ބުނީ އެ ހަމަލާތަކަށް އެއްވެސް ޖަވާބެއް ނުދީ ނުތިބޭނެ ކަމަށާއި ހަރުކަށި އަދި ބަދަލު ހިފުމެއް އަންނާނެ ކަމަށެވެ.

މިއަދުގެ ފަތިހު އިޒްރޭލުން ދިން ހަމަލާތަކާ ގުޅޭގޮތުން އިޒްރޭލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ބުނެފައި ވަނީ މި ހަމަލާތަައް ދީފައި ވަނީ އިރާނުގެ ނިއުކްލިއާ މަސައްކަތްތައް ކުރަމުންދާ ތަންތަނާއި ބެލިސްޓިކް މިސައިލް އުފައްދާ ކާރުހާނާތަކަށް ކަމަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް