ads
އީރާނަށް ހަމަލާދިނުމާ އެކު ތެލުގެ އަގު އުފުލިއްޖެ
އިސްރާއީލުން އީރާނަށް ހަމަލާދިނުމާ އެކު ތެލުގެ އަގު އުފުލިއްޖެ
އިސްރާއީލުން އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ރޭ ދިން ހަމަލާތަކާ ގުޅިގެން މެދުއިރުމަތި ހޫނުވެފައިވަނިކޮށް ދުނިޔޭގެ ތެލުގެ އަގު މައްޗަށް އުފުލިއްޖެ އެވެ.
Advertisement

އީރާނާއި އިސްރާއީލާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ހަކަތަ ސަޕްލައިތަކަށް ބުރޫއަރާފާނެތީ ވިޔަފާރިވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ތެލުގެ އަގަށް އަންނަ ބަދަލުން އެހެނިހެން ހުރިހާ ތަކެތީގެ އަގަށް ބަދަލު އަންނާނެ އެވެ.

މިއަދު ތެލުގެ އަގު 9 އިނަސައްތައަށް ވުރެ މައްޗަށް ގޮސްފައިވާއިރު، މިއީ މިދިޔަ ފަސްމަހުގައި ތެލުގެ އަގު އެންމެ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. މިވަގުތު ސާފުނުކުރާ ތެޔޮ ފީފާއެއްގެ މެދުއިރުމަތީގައި ހުރީ 72 ޑޮލަރުގައި އެވެ. އިއްޔެ ތެޔޮ ފީފާއެއް 63 ޑޮލަރަށް ގަންނަން ލިބުނެވެ.

އަދި މިހަނގުރާމަ އިތުރަށް ހޫނުވެ ޕާޝިއަން ގަލްފާއި ގަލްފް އޮފް އޮމާންއާ ދެމެދު އޮންނަ މަލީގު ހުމުޒްއިން ކަނޑޯޅި އިރާނުން ބަންދުކޮށްފި ނަމަ މެދު އިރުމަތީގެ ތެލުގެ ސަޕްލައިއާ ބޮޑު ބުރުލެއް އަރާނެއެވެ.

މެދުއިރުމަތީގައި ތެލާއި ގޭސް އުފައްދާ ބޮޑެތި ކުންފުނިތަކުން ވެސް އެ މީހުންގެ މުދާ އުފުލަނީ މި ކަނޑިއޮޅިންނެވެ.

މެދުއިރުމައްޗަކީ ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ބާޒާރެވެ. އެ ސަރަހައްދުގައި ހިމެނޭ ގައުމުތަކަކީ އެންމެ ގިނައިން ތެޔޮ އުފައްދާ ދުނިޔޭގެ ބާޒާރާށް ނެރޭ ގައުމުތަކެވެ.

އީރާންގެ އަސްކަރީ މަރުކަޒުތަކަށް އިޒްރޭލުން ހަމަލާތައް ދޭން ފެށީ ރޭ ދަންވަރެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ހަމަލާ ދިނީ އިޒްރޭލުގެ ޖެޓްތަކުން ކަމަށާއި އަސްކަރީ އެކި ތަންތަނަށް ދިން ހަމަލާތަކުގެ ތެރޭގައި، އީރާނުން އެ ގައުމުގެ އެހެން ސަރަހައްދެއްގައި ހިންގާ ނިއުކްލިއާ ޕްރޮގްރާމަކާ ގުޅޭ ތަންތަން ވެސް ހިމެނޭ ކަމަށެވެ.

އީރާންގެ ދައުލަތުގެ މީޑިއާއިން ބުނީ އާންމުންގެ އިމާރާތަކަށް ހަމަލާ ދިނުމުގެ ސަބަބުން ބަޔަކު މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.

އިޒްރޭލުން ދިން ހަމަލާތަކުގެ ރައްދުގައި އީރާނުން ވެސް ވަނީ ހަމަލާދޭން ފަށައިފަ އެވެ. މިހާތަނަށް އީރާނުން 100 ވަރަކަށް ޑްރޯން އިޒްރޭލަށް އަމާޒުކޮށް ފޮނުވާފައިވެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް