ads
ރައުދު
ރާއްޖެއިން ބޭރަށް ރައުދު ފުރިކަމަށް ބުނެ ފަތުރަނީ ދޮގެއް: ފުލުހުން
ހ. މިޓާޒް ގޭ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު ހާދިސާއާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ ރައުދު އަހުމަދު ޒިލާލް ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާ ކަމަށް ބުނެ ފަތުރަނީ ދޮގެއް ކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

ޔުމްނު ވެއްޓުނު މައްސަލާގައި ދައުލަތުން ވަނީ ރައުދުގެ މައްޗަށް ދައުވާ އުފުލާފައެވެ. އެއާއި އެކު އޭނާ ރާއްޖޭން ބޭރަށް ފުރުވާލައިފި ކަމަށް ސޯޝަލް މީޑިއާގައި ވާހަކަ ފެތުރެން ފަށައި ރައުދު އެއާޕޯޓްގައި ހުންނަ ފޮޓޯއެއް ވަނީ އާއްމުވެފައެވެ.

ފުލުހުން މީޑިއާތަކަށއ ފޮނުވި މެސެޖެއްގައި ބުނީ ރައުދު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައި ނުވާ ކަމަށާއި އޭނާ ފުރުން މަނާކުރުމުގެ އަމުރު އަދިވެސް ދެމި އެބައޮތް ކަމަށެވެ.

ރައުދުގެ މައްޗަށް ދައުވާކުރީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ އެވެ. އޭނާގެ މައްޗަށް އުފުލި ދައުވާ ސާބިތުވެއްޖެނަމަ އަންނާނީ އެއް މަހާއި ހަ ދުވަހުގެ ހުކުމެކެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް