ads
އެމްއެމްއޭ މައި އޮފީސް
ބޭނުންކުރެވޭ ރިޒާވް 217 މިލިއަން ޑޮލަރަށް އިތުރުވެއްޖެ
ބޭނުންކުރެވޭ ރިޒާވް 217 މިލިއަން ޑޮލަރަށް އިތުރުވެއްޖެކަމަށް އެމްއެމްއޭއިން ހާމަކޮށްފިއެވެ.
Advertisement

އަހަރުގެ ފުރަތަމަ ފަސް މަސް ނިމުނުއިރު ރިޒާވުގެ ހާލަތު ދައްކައިދޭ އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެޕްރީލް މަހާ އަޅާބަލާއިރު މޭ މަހު ބޭނުންކުރެވޭ ރިޒާވަށް 46.58 މިލިއަން ޑޮލަރު އިތުރުވެފައިވެއެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާގޮތުގައި މިދިޔަ އެޕްރީލް މަހު ބޭނުންކުރެވޭ ރިޒާވް ހުރީ 171.3 މިލިއަން ޑޮލަރުގައެވެ. ނަމަވެސް މޭ މަހުގެ ނިޔަލަށް މިއަދަދު 217.88 މިލިއަން ޑޮލަރަށް އަރާފައިވެއެވެ. އެހެންނަމަވެސް ރަސްމީ ރިޒާވް ވަނީ ފަސް ޕަސަންޓު ދަށްވެފައެވެ. އެޕްރީލް މަހު 865.34 މިލިއަން ޑޮލަރުގައި ހުރި ރަސްމީ ރިޒާވް، މޭ މަހު ނިމުނުއިރު ހުރީ 815.82 މިލިއަން ޑޮލަރުގައެވެ.

ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް ސަރުކާރުން ދަނީ އެކި ފިޔަވަޅުތައް އަޅަމުންނެވެ. އޭގެ ތެރޭގައި ޓޫރިޒަމް ސިނާއަތުން ލިބޭ ބޭރު ފައިސާގެ ވަކި ޕަސަންޓެއް ބޭންކުތަކުން އެމްއެމްއޭއަށް ވިއްކުން ލާޒިމުކުރުން ހިމެނެއެވެ. މިގޮތުން 60 ޕަސަންޓު އެމްއެމްއޭއަށް ވިއްކުމަށް ކަނޑައަޅާފައި އޮތް ނިސްބަތް، ޖޫން 1 އިން ފެށިގެން 90 ޕަސަންޓަށް އިތުރުކޮށްފައިވެއެވެ. ދައުލަތުގެ ރިޒާވަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާއިރު، ކްރެޑިޓް ރޭޓިން އެޖެންސީ ފިޗުން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ބަދަލުނުކޮށް "ސީސީ" ރޭޓިންގައި ދަމަހައްޓާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް