ވޭމަންޑޫ ގޮނޑުދޮށަށް ލައްގައިފައި ވަނީ 20 ފޫޓުގެ ޕައިލެޓް ވޭލްއެކެވެ. ޕައިލެޓް ވޭލަކީ ކޯމަހުގެ އާއިލާއަށް ނިސްބަތްވާ އެއްޗެކެވެ.
އެރަށު މީހުން ބުނީ ރަށުގެ ގޮޑުދޮށަށް އެ މަސް ލައްގައިފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
ރަށު ރައްޔިތުން ޑިންގީއެއްގައި އައްސައިގެން އެ މަސް މިހާރު ވަނީ ކަނޑަށް ބޭރުކޮށްފައިކަމަށް އެ ރަށުން ބުނެއެވެ.
މީގެ ކުރިންވެސް މަރުވެފައިވާ މަސް ވޭމަންޑޫއަށް ވަނީ ލައްގާފައެވެ. އެގޮތުން މިދިޔަ ހަތަރު އަހަރު ތެރޭގައި ދެ ކޯމަހެއް އެ ރަށަށް ވަނީ ލައްގާފައެވެ.