ads
އުރީދޫ ފަން ރަން ހަރަކާތުގެ ތެރެއިން: އައްޑޫގައި ބާއްވާ "ފަން ރަން" އަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު މިރޭ ހަމަވާނެ
އުރީދޫ "ފަން ރަން" ގައި ބައިވެރިވުމުގެ ފުރުސަތު މިރޭ ހަމަވާނެ
އުރީދު އިން އައްޑޫގައި ބާއްވާ "ފަން ރަން" އަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު މިރޭ ހަމަވާނެ އެވެ.
Advertisement

މި ދުވުމުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މިރޭ 11:59 އެވެ. ދުވުމުގައި ބައިވެރިވާން އެދޭ މީހުންނަށް އޮންލައިންކޮށް ރަޖިސްޓަރީ ކުރެވޭނެ އެވެ.

އުރީދޫ ފަން ރަން އައްޑޫ ސިޓީ އެޑިޝަން އޮންނާނީ މިމަހުގެ 27 ވަނަ ދުވަހު އެވެ.

އުރީދޫ ފަން ރަންއަކީ ކޮންމެ އަހަރަކު އެ ކުންފުނިން ބާއްވަމުން އަންނަ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ވަރަށް ފޯރިގަދަކޮށް ބޭއްވި މި ހަރަކާތްތަކުގެ ބައިވެރިންގެ އަދަދު 6500 އަށްވުރެ އިތުރުކަން އުރީދޫން ފާހަގަކޮށްފައިވެއެވެ.

ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ.

އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމޭއިރު ހުންނަ ސްޓޭޝަންތަކުގައި، ކުލައިގެ އިތުރުން ފެނާއި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފައި، ދުވެފައި ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫ ފަން ރަން - ކިޓްތައް ދެ ކެޓަގަރީއަކުން ލިބެން ހުންނާނެ އެވެ. އެއީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީ އެވެ.

ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭ އިރު އަގަކީ 110 ރުފިޔާ އެވެ. 210 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ދަބަސް، އައިނު އަދި ބަންޑާނާ ހިމެނެ އެވެ.

އުރީދޫ ފަން ރަންގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް