ads
އުއްތަމަ ފަނޑިޔާރު
އުއްތަމަ ފަނޑިޔާރަށް ގަނޑުކޮށް 5 ލައްކަ، މަހަކު 70 ހާސް ދެނީ
އުއްތަމަފަނޑިޔާރުގެ މަގާމުގައި ހުންނަވާ ބޭފުޅަކު ރިޓަޔާކުރައްވައިފި ނަމަ، އެ ބޭފުޅަކަށް ބޮޑު އެލަވަންސެއް ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެއެވެ.
Advertisement

ޖޭއެސްސީން މަޖިލިހަށް ފޮނުވި ސިޓީގައި ވަނީ ރިޓަޔާ ކުރައްވާ އުއްތަމަފަނޑިޔާރަކަށް އިތުރު އެލަންވަސްތަކެއް ދޭ ގޮތަށް ނިންމަން އެދިފައެވެ. 

އެގޮތުން އެލަވަންސެއްގެ ގޮތުގައި މަހަކު 70،000 ރުފިޔާ ދިނުމަށް ވަނީ އެދިފައެވެ. އެއީ ދަތުރުފަތުރުގެ އެލަންސް (ޑްރައިވަރެއްގެ މުސާރަ އާއި ޕެޓްރޯލް) އާއި ލިވިން އެލަވަންސްގެ ގޮތުގައެވެ. 

އޭގެ އިތުރުން، ރިޓަޔާމަންޓް އެލަވަންސް ދިނުމުގައި ހިދުމަތް ކުރި މުއްދަތުގެ ގޮތުގައި ފަނޑިޔާރު ކަމުގައި ހޭދަވި މުއްދަތުގެ އިތުރުން މުޅި ދައުލަތަށް ހިދުމަތް ކުރި މުއްދަތު ހިމެނުމަށްވެސް ވަނީ އެފިފައެވެ.


މިގޮތަށް ބަދަލުވުމުން އުއްތަމަފަނޑިޔާރަކަށް މިހާރު ހުންނެވި މުއުތަސިމް އަދުނާން ރިޓަޔާކުރައްވުމުން މިހާރު ލިބިވަޑައިގަންނަވަން އޮތް 185،100 ރުފިޔާގެ ބަދަލުގައި ލިބިވަޑައިގަންނަވާނީ 493،600 ރުފިޔާއެވެ.

މިބަދަލު ގެނައުމަށް ސަރުކާރުގެ މެޖޯރިޓީ އޮންނަ ޖޭއެސްސީން މަޖިލުހަށް ހުށައަޅާފައި މިވަނީ އުއްތަމަ ފަނޑިޔާރު މުއްތަސިމް އަދުނާން ރިޓަޔާކުރައްވަން މިދިޔަ މޭ މަހު ހުށައަޅަފަައިވަނިކޮށެވެ.

އުއްތަމަފަނޑިޔާރަށް އެކަނި މިގޮތަށް މި ބަދަލު ވަގުތުން ވަގުތަށް ގެނައުމަށް ކޮމިޓީގައި ހިމެނޭ އެމްޑީޕީ ދެ މެންބަރުން ވަނީ ދެކޮޅު ހަދާފައެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. މުހައްމަދު ޝަމްހީދު ވިދާޅުވި ގޮތުގައި، އުއްތަމަފަނޑިޔާރުގެ މަގާމު ފުރުއްވީތީ އެ ބޭފުޅަކު ރިޓަޔާ ކުރެއްވުމުން މަހަކު އިތުރު 70،000 ރުފިޔާ ދިނުމަކީ "އެއްގޮތަކަށް ވެސް ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން" ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، މިކަން މި ކުރައްވަނީ "ޑީލް"އެއްގެ ދަށުންނެވެ.

0%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް