
ރާއްޖޭގެ އުތުރުގެ ރަށެއް
ކޮންޑަމުން ފެނުނު ޑްރަގު: 12 އަހަރުގެ ހުކުމެއް
އަހުމަދު ހަސަން
16 ޖޫން 2025 - 07:57:37
ކޮންޑަމެއްގައި ޑްރަގު ގެންގުޅުނު މީހަކު 12 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.
މިއީ، 2020 ވަނަ އަހަރު ކުރީކޮޅު މާލޭން މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި އުތުރުގެ އަތޮޅެއްގެ މީހެއްގެ މައްސަލައެވެ. މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މި މައްސަލައިގައި ހިމެނޭ މީހާ ހައްޔަރުކުރިއިރު، އޭނާ އަތުން ފެނުނު ކޮންޑަމެއްގައި މަސްތުވާތަކެތި ހުއްޓެއެވެ.
މި މައްސަލައިގައި ދައުލަތުން އެ މީހާއާ ދެކޮޅަށް ދައުވާ ކުރުމުން ފުރަތަމަ ދައުވާތަކަށް އޭނާ ކުރީ އިންކާރެވެ. އެކަމަކު ފަހުން ދައުވާއަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް އޭނާ ހެދިއެވެ.
އިއުތިރާފު އެއްބަސްވުމުގެ ދަށުން އޭނާއަށް އަދަބު ލުއިކޮށްދިނުމުން އޭނާގެ މައްޗަށް އިއްވީ 12 އަހަރުގެ ހުކުމަކާއެކު 50،000 ރުފިޔާގެ ޖޫރިމަނާއެކެވެ.
މި މައްސަލަ ކްރިމިނަލް ކޯޓުން ނިންމީ އީދަށް ބަންދުވުމުގެ ކުރީ ހަފްތާގައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް