ads
ސީ-ޓު-އެއާ ކާގޯ ހިދުމަތާ 17 އެއާލައިނަކުން ގުޅުން
ސީ-ޓު-އެއާ ކާގޯ ހިދުމަތާ 17 އެއާލައިނަކުން ގުޅިއްޖެ
ސީ-ޓު-އެއާ ކާގޯ ހިދުމަތަށް ބައިނަލްއަގުވާމީ 17 އެއާލައިނަކުން ގުޅިއްޖެ އެވެ.
Advertisement

އެމްއޭސީއެލްއިން ބުނީ ސީ-ޓު-އެއާ ކާގޯގެ ހިދުމަތައް މިހާރު ބައިނަލްއަގުވާމީ 17 އެއާލައިނަކުން ގުޅިފައިވާކަމަށެވެ. އަދި ސީ-ޓު-އެއާ ކާގޯ މެދުވެރިކޮށް ރާއްޖެއިން ފޮނުވާ ކާގޯ ދުނިޔޭގެ 23 މަންޒިލަކަށް ފޮނުވަމުންދާކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފަ އެވެ.

މި ހިދުމަތަކީ ކަނޑު މަގުން ރާއްޖެއަށް އަންނަ މުދާ ޓުރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ގައުމުތަކަށް ފޮނުވުމެވެ. 

ސީ-ޓު-އެއާ ކާގޯ ހިދުމަތަކީ އެމްޕީއެލް މެދުވެރިކޮށް ކަނޑުމަގުން ގެންނަ މުދާ ރައްކާތެރިކަމާއެކު ބޭނުންވާ މަންޒިލަށް ވައިގެ މަގުން އަވަހަށް ފޯރުކޮށްދިނުމަށް، އެމްއޭސީއެލް އާއި، އެމްޕީއެލް ގުޅިގެން ފަށާފައިވާ ހިދުމަތެކެވެ.

މި ހިދުމަތް ފެށީ މިދިޔަ އަހަރުގެ މޭ މަހު އެވެ. އެ ގޮތުން ހިދުމަތް ފުރަތަމަ ފެށީ ޓާކިޝް އެއާލައިންއާއެކުގަ އެވެ.

ސީ-ޓު-އެއާ ކާގޯ ހިދުމަތް ފުޅާވަމުން އަންނައިރު މިހާތަނަށް މި މަސައްކަތުން ރާއްޖޭގެ އިގުތިސާދަށް އެތައް މިލިޔަނަށްވުރެ ގިނަ ޑޮލަރު ވަދެފައިވާކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މި ހިދުމަތައް އެއް އަހަރު ވީއިރު ދެ މިލިޔަން ކިލޯގެ ކާގޯ ވަނީ އުފުލާފަ އެވެ.
 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް