ބްރޯޑްކޮމްއަށް މެމްމަބަރަކު އައްޔަންކުރަނީ އެ ކޮމިޝަންގެ މިހާރު މެމްބަރު އައިމިނަތު އަމީނާގެ މެމްބަރުކަމުގެ ދައުރު ހަމަވާތީއެވެ. އޭނާތެ ދައުރު މިމަހުގެ 14 ވަނަދުވަހަށް ވަނީ ހަމަވެފައެވެ.
ބްރޯޑްކޮމަށް އައްޔަންކުރަން ރައީސް މުއިއްޒު ރައްޔިތުން މަޖިލިހަށް ހުށައެޅުއްވި ލިސްތުގެ އެންމެ ކުރީގައި އޮތީވެސް ޒަމްއަތު އަހްމަދު ވަހީދުއެވެ. އަދި މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ބޭއްވި އިންޓަވިއުއަށް ފަހު 89.29 އިންސައްތަ މާކްސްއާއި އެކު އެއްވަނާގައިވެސް އޮތީ ޒަމްއަތު އަހްމަދު ވަހހީދެވެ.
ކޮމިޓީން މާކްސް ދިން ތަރުތީބު
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް ދާދި ފަހުން ވަނީ ޓީވީ ޕްރެޒެންޓަރު މޫސާ ރިލްވާން އައްޔަންކޮށްފައެވެ.
އޭނާ އެ މަގާމަށް އައްޔަނުކުރެއްވީ ބްރޯޑްކޮމްގެ ނައިބު ރައީސަކަށް މީގެ ކުރިން ހުންނެވި މުހައްމަދު ފަޒީން މާރިޗު މަހުގެ 17 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އައްޔަނުކުރުމަށް ރައީސް އޮފީހުން އޭޕްރިލް މަހު ހުޅުވައިލި ފުރުސަތުގައެވެ.