ads
ވީއައިއޭގައި ބޭނުން ކުރަން ގެނައި ޓޯ-ބަލެސް ވެހިކަލް
ވީއައިއޭގައި ޓޯ-ބަލެސް ވެހިކަލް ބޭނުންކުރަން ފަށަނީ
ރާއްޖޭގެ މައި އެއާޕޯޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ޓޯ-ބަލެސް ވެހިކަލްގެ ހިދުމަތް ފެށުމަށް ތައްޔާރުވެފައިވާކަމަށް އެއާޕޯޓްސް ކޮމްޕެނީން ބުނެފިއެވެ.
Advertisement

ޓޯ-ބަލެސް ވެހިކަލްއަކީ އެއާޕޯޓްގެ އޭޕްރަން އިން ރަންވޭއަށް ފްލައިޓް ގެންދަން ބޭނުންކުރާ އުޅަނދުތަކެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އިންޑަސްޓްރީ-ސްޓޭންޑަޑްގެ ޓޯ-ބަލެސް ވެހިކަލް ބޭނުންކުރަން ތައްޔާރުވެފައިވާކަމަށެވެ. އަދި މި ވެެހިކަލްތައް ދުއްވަން އަށް މުވައްޒަފުން ތަމްރީނުކޮށް ފައިނަލް ރިސްކް އެސެސްމަންޓަށް ތައްޔާރުވެފައިވާ އެކުންފުނިން ބުނެއެވެ. 

މި ވެހިކަލްތައް ބޭނުންކުރަން ފެށުުން އޮޕަރޭޝަން އެފިޝިއަންސީ 60 ޕަސެންޓް އިތުރުވާނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ. އަދި އަލަށް ގެނައި ވެހިކަލްތަކުން ކުރިން ގެންގުޅުނު ވެހިކަލްތަކާއި ހިލާފަށް ޑްރައިވަރަށް ވަށައިގެންވާ މާހައުލު ސާފުކޮށް ފެންނާނެކަމަށްވެސް އެމްއޭސީއެލުން ބުނެއެވެ.
މި ވެހިކަލަކީ ކޯޑް "ސީ" ގެ މަތިންދާ ބޯޓުން ފެށިގެން ކޯޑް "އީ" ގެ ހުރިހާ މަތިންދާބޯޓުތަކަށްވެސް ހިދުމަތް ދެވޭނެ ވެހިކަލްތަކެއްކަމަށްވެސް އެމްއޭސީއެލުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް